ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތްކުރާ އެކައުންޓްތައް ބަންދުކުރުމަށް ފުލުހުން އެދުނުކަމަށް ބުނާ އަމުރުތަކަކީ ފޭކެއް – އެކްސް

އިންޑިއާގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކެއްގެ އެކައުންޓްތައް ބަންދުކުރުމަށް ފުލުހުން އެދުނު ކަމަށް ބުނާ އަމުރުތަކަކީ ފޭކު އަމުރުތަކެއް ކަމަށް އެކްސް އިން ބުނެފި އެވެ.

އިންޑިއާގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތުކުރާ ދެ ޖަމާޢަތެއްގެ އެކައުންޓްތައް ބަންދުކުރުމަށް އެދި ފޮނުވި ފުލުހުންގެ އަމުރުތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް އެކްސް އިން ހުކުރު ދުވަހު އިންޑިއާގެ ކޯޓެއްގައި ބުނެފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އަމުރުތަކާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ދިއްލީ ފުލުހުންގެ އިސް އޮފިސަރެއްގެ ނަމުގައި އެކްސްގެ އޮންލައިން ރިޕޯޓިން ފޯމު މެދުވެރިކޮށް ހުށަހެޅި މި އަމުރުތަކުގައި އެދިފައިވަނީ އިންޓަނެޓް ފްރީޑަމް ފައުންޑޭޝަން އަދި ސޮފްޓްވެއަރ ފްރީޑަމް ލޯ ސެންޓަރ، އިންޑިއާ ގެ އެކައުންޓްތައް އުވާލުމަށެވެ.

އެ އަމުރުތަކުގައި ބުނެފައިވަނީ އެ ޖަމާއަތްތަކުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވާ ބީ.ޖޭ.ޕީގެ މައި ޖަމާއަތް ކަމަށްވާ ރާޝްތުރިޔާ ސްވަޔަމްސެވަކް ސަންގް އަށް ބަދުބަސް ބުނެފައިވާ ކަމަށެވެ.

”މިއީ ދިއްލީ ފުލުހުންގެ ނަމުގައި މީހަކު އޮޅުވާލައިގެން ކުރި ކަމެއްކަން މިހާރު ވަނީ އެނގިފައި،“ އެކްސްގެ ވަކީލު ދިއްލީ ހައިކޯޓުގައި ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުންފުނިން މިކަމާ ގުޅޭ އެތެރޭގެ ތަހުގީގެއް ހިންގާފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން ދިއްލީ ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދަނީ އިންޑިއާގައި ކޮންޓެންޓް އުވާލުމަށް ގެންގުޅޭ ހަރުކަށި އުސޫލުތަކަކީ ސަރުކާރާ ދެކޮޅު އަޑުތައް ކަނޑުވާލުމަށް ބޭނުންކުރާ ވަސީލަތެއް ކަމަށެވެ.

ނަމަވެސް، 1.1 ބިލިއަނަށްވުރެ ގިނަ އިންޓަނެޓް ކަސްޓަމަރުން ތިބި އިންޑިއާ ސަރުކާރުން ބުނަނީ މިފަދަ އަމުރުތަކަކީ ޤާނޫނާ ޚިލާފު އަދި އޮޅުވާލުންތައް ހިމެނޭ ކަންކަން ހުއްޓުވުމަށް ނެރޭ އަމުރުތަކެއް ކަމަށާއި ޤާނޫނީ އިމުގެ ތެރެއިން ޚިޔާލުފާޅުކުރުމަށް އިހުތިރާމްކުރާ ކަމަށެވެ.

އޮޅުވާލައިގެން ފޮނުވި މި އަމުރުތަކުގައި ބުނެފައިވަނީ އަންގާތާ ތިން ގަޑިއިރު ތެރޭގައި އެކައުންޓްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

އެކްސް އިން އެއީ ފޭކު އަމުރުތަކެއްކަން ކަށަވަރުކުރުމުގެ ކުރިން ކަމާގުޅޭ ފަރާތްތަކަށް އެ އަމުރުތައް ވަނީ ފޮނުވާފަ އެވެ.

އައި.އެފް.އެފް އިން ވަނީ އެ އަމުރުތައް ބާތިލުކުރުމަށް އެދި ކޯޓަށް ހުށަހަޅާފަ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އާއި އިންޑިއާގެ އިދިކޮޅު މައި ޕާޓީން ވެސް ވަނީ މި އަމުރުތަކުގެ ޤާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދާފަ އެވެ.

މީގެ އިތުރުން ސަރުކާރުން ކޮންޓެންޓް ބްލޮކްކުރުމަށް ކުރާ އަމުރުތަކަށް ފާޑުކިޔުމާއި އެކަންކަން ދިރާސާކޮށް ލިޔުން ހުއްޓާލުމަށް އެދި އާރް.އެސް.އެސްގެ ނަމުގައި މި ޖަމާއަތްތަކަށް މިދިޔަ ހަފުތާގައި ޤާނޫނީ ނޯޓިސްތަކެއް ވެސް ލިބިފައިވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.