މިޑްޓާމް އިންތިޚާބުގައި މުސްލިމުންނަށް ބައިވެރިވުން ކުޑަކޮށްފާނެ

މުސްލިމުންނާ ދެކޮޅަށް ހިންގާ އިހާނެތި އަމަލުތަކުގެ ސަބަބުން އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި އެ މުޖުތަމައުގެ ބައިވެރިވުން ކުޑަވެދާނެކަމުގެ އިންޒާރު މަދަނީ ޖަމިއްޔާއަކުން ދީފި އެވެ.

ރައީސް ޓްރަމްޕާއި އޭނާގެ ބައިވެރިން ވަނީ އެއްވެސް ހެއްކެއް ނެތި ވޯޓުލާ މަރުކަޒުތަކުގައި ބޮޑެތި އޮޅުވާލުންތަކެއް ހިނގައިފާނެ ކަމަށް މީގެ ކުރިންވެސް ބުނެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މުސްލިމް ޕަބްލިކް އެފެއާޒް ކައުންސިލް އިން ނެރުނު އައު ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި އެމެރިކާގެ ކަނާތު ފިޔައިގެ ހަރުކަށި ފަރާތްތަކުން މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތައް ދަނީ އިތުރުވަމުންނެވެ.

މިކަމުގެ ސަބަބުން ސަލާމަތީ ބާރުތަކުގެ ހަރަކާތްތައް އިތުރުކުރުމަށް ގޮވާލުންތައް އަންނަ އިރު މީގެ ނަތީޖާއެއްގެ ގޮތުން ނޮވެމްބަރު 3 ގައި ބާއްވާ މިޑްޓާމް އިންތިޚާބުގައި ވޯޓުލުމަށް މުސްލިމުން ފަސްޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގައި އިސްލާމޯފޯބިއާ ނުވަތަ އިސްލާމްދީނާ މެދު ބިރުވެރިކަން އުފައްދާ މިންވަރު ބަލަމުންދާ ’ސެންޓަރ ފޯ ސެކިއުރިޓީ، ޓެކްނޮލޮޖީ އެންޑް ޕޮލިސީ‘ އިންނެވެ.

އެމްޕީއޭސީން ބުނާ ގޮތުގައި މިސްކިތްތަކުގެ ބޭރުގައި މުޒާހަރާ ކުރުމާއި މުސްލިމުންނާ ކުރިމަތިލައި ހަނގާކުރުމާއި ފާރަލުމާއި އިންޓަނެޓް މެދުވެރިކޮށް ދީނާ ދެކޮޅު ޝުއޫރުތައް ފެތުރުމުގެ އިތުރުން ”އެމެރިކާގެ ބާރު މުސްލިމުން އަތުލަނީ“ ކަމަށް ބުނެ ދޮގު ވާހަކަތައް ދަނީ ފަތުރަމުންނެވެ.

ކަމާބެހޭ މާހިރުން މީޑްލް އީސްޓް އައި އަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާރު އުފެދިފައިވާ މި ނުތަނަވަސްކަން 9/11 ގެ ހަމަލާތަކަށްފަހު އުފެދުނު ހާލަތަށްވުރެ ވެސް ގޯހެވެ.

މިފަދަ އަމަލުތަކަކީ ވަކިން ހާއްސަކޮށް އިންތިޚާބުތަކާ ދިމާކޮށް ނުވަތަ ދީނީ މުނާސަބަތުތަކާ ދިމާކޮށް ހިންގުމުން، މުސްލިމް މުޖުތަމައުތަކަށް ބިރުދެއްކުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ރިޕޯޓުގައި ސިފަކޮށްފައިވެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ބައިވެރިން ވަނީ މިނެސޯޓާގެ ކޮންގްރެސް މެންބަރު އިލްހާން އުމަރާއި މިޗިގަންގެ ސެނެޓް ކެންޑިޑޭޓް އަބްދުލް އެލް-ސައްޔިދު ފަދަ ކުރިއަރަމުން އަންނަ މުސްލިމް ސިޔާސީ ފަރާތްތަކަށް އަމާޒުކޮށް، އިސްލާމްދީނާ ދެކޮޅު ވާހަކަތައް އިތުރުކޮށްފަ އެވެ.

އެމްޕީއޭސީން ސިފަކުރާ ގޮތުގައި މިއީ ވަކި ރޭވުމެއްގެ ދަށުން ހިންގާ ކެމްޕޭނެކެވެ.

މީގައި ކުޑަ އާބާދީއެއްގެ ގޮތުގައި އޮންނަ މުޖުތަމައެއް އެއީ ނުރައްކަލެއްގެ ގޮތުގައި ދައްކައި އެކްޓިވިސްޓުންނާއި މީޑިއާގެ އެހީގައި އާންމުންގެ ކުރިމަތީގައި އެމީހުންނާ ކުރިމަތިލުންތައް ހިންގައި އެ މަންޒަރުތައް ސޯޝަލް މީޑިއާގައި ފަތުރައިގެން އެމީހުންނަކީ ކުށްވެރިން ކަމަށް ދެއްކުމަށް މަސައްކަތް ކުރެވެ އެވެ.

އަދި މިފަދަ ވާހަކަތައް ބޭނުންކޮށްގެން އިމިގްރޭޝަން ޤާނޫނުތައް ހަރުކަށިކުރުމަށާއި ފާރަލުމާއި ފުލުހުންގެ ބާރުތައް އިތުރުކުރުމަށް ބާރުއަޅާ ކަމަށް ރިޕޯޓުގައިވެ އެވެ.

”ކަނާތު ފިޔައިގެ މި ހަރުކަށި ފަރާތްތަކުން މުސްލިމުންނަށް އަމާޒުކޮށް ހިންގާ ހަރަކާތްތަކުގެ ސަބަބުން އުފެދޭ ހަމަނުޖެހުންތައް ބޭނުންކޮށްގެން ޓްރަމްޕްގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު ފަދަ އާދަޔާ ހިލާފު ފިޔަވަޅުތައް އެޅުމަށް މަގުފަހިވެދާނެ،“ އެމްޕީއޭސީން އިންޒާރު ދީފައިވެ އެވެ.

ޓްރަމްޕް ތަކުރާރުކޮށް އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ބޭރުގެ ނުފޫޒު އިންތިޚާބަށް ފޯރާފާނެ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައި މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

އެ ރިޕޯޓުގައި އެމެރިކާގެ މުސްލިމުންނަށް އިލްތިމާސްކޮށްފައިވަނީ ފުރައްސާރަކުރާ މީހުންނާ ކުރިމަތިނުލުމަށާއި، ޝައްކުކުރެވޭ ކަންކަން ރިޕޯޓުކުރުމަށެވެ. އަދި ވޯޓުލުމުގެ ހައްގުތައް ރަނގަޅަށް ދެނެގަތުމަށާއި ވޯޓުލާންދާއިރު އެކަނި ދިއުމުގެ ބަދަލުގައި ގްރޫޕް ހަދައިގެން ދިއުމަށް ވެސް އެ ރިޕޯޓުގައި ބާރުއަޅާފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.