
ޗިކަން ޕުލޯ
ބޭނުންވާ ތަކެތި:
- 8 ފަޅިއަށް ކޮށާފައިވާ މުޅި ކުކުޅެއް
- 10 ކަރަންފޫ
- 2 ސައިސަމުސާ ކަޅު މިރުސް (އޮއް)
- 2 އިންޗީގެ ފޮނިތޮށި ކޮޅެއް
- 2 ސައިސަމުސާ ކޮރިއަންޑާ ސީޑްސް (ދަނަޖަ)
- 6 ބޮޑު ކަޅު ކާފޫރުތޮޅި
- 1 ސައިސަމުސާ ހުދު ދިރި
- 1 ކުޑަ ފިޔާ (ބޮޑެތިކޮށް ކޮށާފައި)
- 5 އިނގުރު ލޮނުމެދު
- 2 އިންޗީގެ އިނގުރު ކޮޅެއް (ކޮށާފައި)
- 450 ގްރާމް ބާސްމަތީ ހަނޑޫ
- 1/2 ޖޯޑު ގީ ނުވަތަ ތެޔޮ
- 1 ބޮޑު ފިޔާ (ބަރީކޮށް ކޮށާފައި)
- 1 ސައިސަމުސާ ކަޅު ދިރި
- 1 ސައިސަމުސާ އިނގުރު ޕޭސްޓް
- 1 ސައިސަމުސާ ލޮނުމެދު ޕޭސްޓް
ތައްޔާރުކުރާނެ ގޮތް:
- ކުކުޅުކޮޅު ރަނގަޅަށް ދޮވުމަށްފަހު ބޮޑު ތަވައަކަށް ނުވަތަ ތެއްޔަކަށް އަޅާށެވެ. އޭގެ ތެރެއަށް 5 ކަރަންފޫ، 1 ސައިސަމުސާ ކަޅު މިރުސް، ފޮނިތޮށި، ދަނަޖަ، 3 ކާފޫރުތޮޅި، ހުދު ދިރި، 4 ޖޯޑު ފެން، ފިޔާ، ލޮނުމެދު، އިނގުރު އަދި 1 ސައިސަމުސާ ލޮނު އެއްކުރާށެވެ.
- މި މިކްސްޗަރު ރަނގަޅަށް ކައްކާށެވެ. ފެންގަނޑު ކެކެން ފެށުމުން މައްޗަށް އަރާ ފޮނުތައް ނަގައި ސާފުކުރާށެވެ. އޭގެފަހުން ގިނި މަޑުކޮށް، މަތިޖަހައިގެން ކުކުޅު މަސްކޮޅު މަޑުވަންދެން 10 މިނެޓު ވަންދެން ކައްކާށެވެ.
- ކުކުޅު ކެކެމުންދާއިރު، ހަނޑޫކޮޅު ރަނގަޅަށް ދޮވެލުމަށްފަހު 30 މިނެޓު ވަންދެން ފެނުގާ ފޯކުރަން ބަހައްޓާށެވެ. އޭގެފަހުން ފެންފޮދު ހުސްކޮށްލާފައި ބަހައްޓާށެވެ.
- ކުކުޅު މަޑުވުމުން، ފެންގަނޑުން މަސްކޮޅު ވަކިކޮށްލާށެވެ. ކައްކަން ބޭނުންކުރި ފެންގަނޑު (ސްޓޮކް) އުކާނުލައި ބަހައްޓާށެވެ. ނަމަވެސް އޭގައި ހުރި ހަވާދުގެ ބާވަތްތައް އުކާލާށެވެ.
- ތެއްޔެއްގައި ތެޔޮ ނުވަތަ ގީ ހޫނުކުރުމަށްފަހު، ކޮށާފައި ހުރި ފިޔާކޮޅު އަޅައި ރަން މުށިކުލަ އަރަންދެން މީރުކުރާށެވެ.
- ފިޔާކޮޅު މީރުވުމުން ބާކީ ހުރި 5 ކަރަންފޫ، 1 ސައިސަމުސާ ކަޅު މިރުސް، ފޮނިތޮށި، 3 ކާފޫރުތޮޅި އަދި ކަޅު ދިރި އެއްކޮށްލައި ކުޑަވަގުތުކޮޅަކު ހަނާކޮށްލާށެވެ.
- ދެން އޭގެ ތެރެއަށް ކުކުޅު މަސްކޮޅާއި، އިނގުރު އަދި ލޮނުމެދު ޕޭސްޓް އަޅާށެވެ. މެދު ގިނީގައި 5 މިނެޓު ވަންދެން، ކުކުޅުކޮޅަށް ރަން މުށިކުލަ އަރަންދެން ރަނގަޅަށް މީރުކުރާށެވެ.
- ކުކުޅު ތައްޔާރުވަމުންދާއިރު، ކުރިން ބެހެއްޓި ސްޓޮކް މިނާލާށެވެ. 3 ޖޯޑު ބައި ސްޓޮކް ބޭނުންވާނެއެވެ. މަދުނަމަ ފެން އިތުރުކުރާށެވެ. ސްޓޮކް ކައްކައި، އޭގެ ތެރެއަށް 1 ސައިސަމުސާ ލޮނާއި ހަނޑޫ އަޅައި 5 މިނެޓު ވަންދެން ކައްކާލާށެވެ. ލޮނު ހެޔޮވަރުކޮށްލަން ހަނދާންކުރާށެވެ.
- މީރުކުރި ކުކުޅު މަސްކޮޅު މަޑުމަޑުން ހަނޑޫ ތެލީގެ ތެރެއަށް އަޅައި އެއްކޮށްލާށެވެ. ތެލީގެ މަތި ރަނގަޅަށް ބަންދުކޮށް، ގިނި ވަރަށް މަޑުކޮށްލުމަށްފަހު 10 އާއި 15 މިނެޓާ ދެމެދުގެ ވަގުތަކަށް ކައްކާށެވެ. ބަތްގަނޑު ރަނގަޅަށް މަޑުވުމުން އޫއެއް ބޭނުންކޮށްގެން ބަތްގަނޑު ފުނާލުމަށްފަހު ކާން ނަގާށެވެ.



