ހިތަދޫ ސްކޫލުގެ ދަރިވަރުންނަށް، ހިތަދޫ ފަޔަރ ސްޓޭޝަނުން ފަޔަރ ސޭފްޓީ ކުލާހެއް ކުރިއަށްގެންގޮސްފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
ހިތަދޫ ސްކޫލުގައި ކުރިއަށްގެންދިޔަ މި ސެޝަންގައި، އެ ސްކޫލުގެ ކަބް ސްކައުޓުންނާއި، ގާލްގައިޑުން، ލިޓްލްމެއިޑް އަދި ސްޓާރ ދަރިވަރުން ހިމެނޭހެން ޖުމްލަ 119 ދަރިވަރުން ބައިވެރިވިއެވެ.
މި ސެޝަންގައި ދަރިވަރުންނަށް ކިޔައިދެވުނު މުހިންމު މަޢުލޫމާތުތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ މައިގަނޑު ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކުގެ އިތުރުން ނުރައްކާތެރި ހާލަތްތަކުގައި އަލިފާން ނިއްވާނެ ރައްކާތެރި އުސޫލުތައް ހިމެނެއެވެ. މީގެއިތުރުން އަލިފާނާއި، ކަރަންޓު އަދި ފެނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ދިމާވާ ކުއްލި ހާލަތްތަކުގައި ޢަމަލުކުރަންވީ ގޮތްތަކާ ބެހޭގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ކިޔަވައިދިން މި ސެޝަނަކީ، ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމުގެ ހުނަރާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދަރިވަރުންގެ އަހުލުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ސެޝަނެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.