ކޮޕް-17 ގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުމަށް ތައްޔާރުވެއްޖެ

އދ. ގެ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ސީ.ބީ.ޑީ) ގެ މެންބަރު ޤައުމުތަކުގެ 17 ވަނަ ބައްދަލުވުން (ކޮޕް-17) ގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ރާއްޖޭގެ ވަފުދެއް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި މުހިންމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 އިން 31 ގެ ނިޔަލަށް، އަރމީނިއާގެ ޔެރެވާންގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުމުގައި ހިނގާ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ވަފުދުގައި އިސްކޮށް ހުންނަވާނީ ޑިރެކްޓަރ، އެންވަޔަރަންމަންޓަލް ކޮންޒަވޭޝަން، ޑރ. އިލްހާމް އަޘޯ މުޙައްމަދެވެ. މީގެ އިތުރުން ޕޮލިސީ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް މިދުހަތު ޢަބްދުއްރަޝީދާއި، ޕްރިންސިޕަލް އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ ފާޠިމަތު ޢުސްރާއާއި، ޕްރޮޓެކްޓެޑް އޭރިއާސް މެނޭޖްމަންޓް އެނަލިސްޓް ޢާއިޝަތު އަމަލް އަދި ކޮންޒަވޭޝަން އެނަލިސްޓް ޙައްވާ ނަބާހާ ނާޝިދު މި ވަފުދުގައި ހިމެނިވަޑައިގަންނަވަ އެވެ.

ރާއްޖޭގެ ވަފުދުން މި ބައްދަލުވުމުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ، ބައްދަލުވުމުން ނިންމާ ނިންމުންތަކުގައި ދިވެހިރާއްޖެއިން ދެކޭގޮތާއި، ތިމާވެށްޓާއި ދިރުންތަކުގެ ނަސްލުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަން އެންމެ ފުރިހަމައަށް ހިމެނުމަށް ބާރުއެޅުމަށެވެ.

ދުނިޔޭގެ ދިރުންތަކުގެ ސިންދަފާތު ރައްކާތެރިކުރުމަށް ބާއްވާ މި ބައްދަލުވުމަކީ ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ޖަޒީރާ ޤައުމަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަޑުއުފުލުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.