ޗައިނާގެ އިޝްތިހާރު ބޯޑުތައް އެހެން ލެވަލް އެއްގައި

ދުނިޔޭގެ ކުރިއެރުމަށް މުހިންމު ބަދަލުތަކެއް ގެނެސްދިން ސައިންސްވެރިންގެ ފޮޓޯތަކާއި މަޢުލޫމާތު މަޝްހޫރު ފަންނާނުންނާއި ނުފޫޒުގަދަ ފަރާތްތަކުގެ ބަދަލުގައި ސިޓީތަކުގެ ބޮޑެތި އިޝްތިހާރު ބޯޑުތަކުން ފެންނާނެ މަންޒަރެއް ތަޞައްވަރުކޮށްލައްވާށެވެ.

ޗައިނާގެ ބައެއް ސިޓީތަކުން މިހާރު ފެންނަމުންދަނީ މިފަދަ މަންޒަރެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އާންމުކޮށް ވިޔަފާރި އިޝްތިހާރުތަކުން ފުރިފައި ހުންނަ ބޮޑެތި ސްކްރީންތަކާއި މެޓްރޯ ސްޓޭޝަންތަކާއި އަދި ވިޔަފާރި މަރުކަޒުތަކުގައި މިހާރު ދަނީ މަޝްހޫރު ސައިންސްވެރިންގެ ފޮޓޯތަކާއި މަޢުލޫމާތު ދައްކަމުންނެވެ.

މިގޮތުން ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ރޮކެޓް ސައިންސްވެރިޔާ ފިއަން ޝޫސެން ނޮބެލް އިނާމު ހޯއްދަވާފައިވާ ތޫ ޔޫޔޫ އަދި ދަނޑުވެރިކަމުގެ ދާއިރާގެ މާހިރު ޔުއާން ލޯންގްޕިން ހިމެނެ އެވެ.

މި އިޝްތިހާރުތަކުގައި އެ ބޭފުޅުންގެ ހޯދުންތަކާއި ކާމިޔާބީތަކުގެ އިތުރުން މުޖުތަމަޢަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށްފައިވެ އެވެ.

މި ކަމަކީ އާންމުކޮށް މުނިފޫހިފިލުވުމާއި މަޝްހޫރު ފަރާތްތަކަށް އެކަނި ލިބޭ ސަމާލުކަން ސައިންސާއި، ތަޢުލީމާއި، އަދި އައު އީޖާދުތަކަށް ހޯދައިދޭ ކަމަކަށް ވާތީ ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފަ އެވެ.

މިކަމަށް ތާއީދުކުރާ ފަރާތްތަކުން ދެކޭގޮތުގައި މިއީ ޒުވާނުންނަށް ދެވޭ ވަރަށް މުހިންމު މެސެޖެކެވެ.

އެއީ މިފަދަ ބޭފުޅުންނަކީވެސް ނަމޫނާއަކަށް ބަލަންޖެހޭ އަދި އިޙްތިރާމް ލިބެންޖެހޭ ބޭފުޅުންކަމެވެ.

މި މަސައްކަތް ފުރަތަމަ ފެށުނީ ޝަންޑޮންގް ޕްރޮވިންސްގެ ބައެއް ސަރަޙައްދުތަކުންނެވެ. ނަމަވެސް މިހާރު ހެނާން އަންހުއީ އަދި އިނަރ މޮންގޯލިއާ ހިމެނޭހެން އެހެން ސަރަޙައްދުތަކަށްވެސް މި ނަމޫނާ ވަނީ ފެތުރިފަ އެވެ.

ޗައިނާގެ ސިޓީތަކުގެ ބޮޑެތި ބޯޑުތަކުގައި ސައިންސްވެރިންގެ ފޮޓޯތައް ބަހައްޓަމުންދަނީ އަންނަން އޮތް ޖީލުތަކަށް އައު ހޯދުންތަކާއި ކާމިޔާބީތަކަކީ ފާހަގަކުރަންޖެހޭ މުހިންމު ކަންތައްތަކެއްގެ ގޮތުގައި ދެއްކުމަށެވެ. މިފަދަ ކަމަކަށް ތިޔަބޭފުޅުން ދިރިއުޅޭ މުޖުތަމަޢުގައި ތާއީދު ކުރައްވާނަންތޯއެވެ؟

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.