މޫސުމާއި ބެހޭ މައުލޫމާތު ވަގުތުން ދެނެގަނެވޭ އާސިސްޓަމްތަކެއް ޑޮމެސްޓިކް އެއާޕޯޓްތަކުގައި ގާއިމްކުރަނީ

ރާއްޖޭގެ ޑޮމެސްޓިކް 11 އެއަރޕޯޓެއްގައި ވެދަރ އިންފޮމޭޝަން ސިސްޓަމް(އަވިސް) ގާއިމް ކުރުމަށްޓަކައި އެއާޕޯޓްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގައި އަވިސް ގާއިމް ކުރަން އެއްބަސްވެ ސޮއިކޮށްފައިވާއިރު މި އެއްބަސްވުމުގައި ސޮއިކުރީ އެންވާރްމެންޓް މިނިސްޓްރީގައި މިކަމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް) ގެ ފަރާތުން ސޮއިކުރެއްވީ އެންވާރްމެންޓް މިނިސްޓަރ ތޯރިގު އިބްރާހިމްއެވެ. އަދި އެއަރޕޯޓްތަކުގެ ފަރާތުން މި އެއްބަަސްވުމުގައި ސޮއިކުރެއްވީ އެ އެއަރޕޯޓްތައް ހިންގުމާއި ހަވާލުވެތިއްބެވި އެންމެ އިސްވެރިންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން މިހާރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓް ގައި ވެސް މި ސިސްޓަމް ވަނީ ހަރުކުރެވިފައެވެ.

އެހެންކަމުން ޑޮމެސްޓިކް ހުރިހާ އެއާޕޯޓްތަކެއްގައި ކުރިއަށް އޮތް ތިން މަސް ތެރޭގައި މި ސިސްޓަމް ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ސިސްޓަމްތައް ގާއިމްކުރުމަށް ރާއްޖޭގައި އެއަރޕޯޓްތައް ހިންގަވަމުން ގެންދާ ހަ ކުންފުންޏަކާއެކު ވަނީ އެއްބަސްވެފައެވެ. މި ސިސްޓަމްތައް ގާއިމް ކުރަނީ މެޓް އޮފީހުގެ ޓެކްނީޝަނުންނެވެ.

މިއަދު ބޭއްވި މި ރަސްމިއްޔަތުގައި އެންވަޔަރުމެންޓް މިނިސްޓްރީގެ ފަރާތުން ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ މި ޕްރޮޖްކްޓްގެ ސަބަބުން އެއާޕޯޓްތަކަށް ބޭނުންވާ މޫސުމީ މައުލޫމާތު އެއަރޕޯޓްތަކަށް ފޯރުކޮށްދިނުމާއެކު މެޓް އޮފީހުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ފޯޜުކޮށްދޭ މޫސުމާއި ބެހޭ މައުލޫމާތު ހޯދާ ދެނެގަތުމަށް އިތުރަށް ފަސޭހަވެ ޚިދުމަތް ވަރަށް ބޮޑަށް ފުޅާކުރެވޭނެކަމަށެވެ.

އަދި އޭގެ އިތުރުން މެޓް އޮފީހަށްވެސް އެ ދާއިރާތަކުގައި ހުންނަ މައުލޫމާތުތައް ވަގުތުން ލިބި ރާއްޖޭގެ ވެދާ ފޯކާސްޓިންގއަށް ވަރަށް ބޮޑަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވެސް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

މިގެ އިތުރުން އެންވާރްމެންޓް މިނިސްޓަރ ތޯރިގު އިބްރާހިމް ވިދާޅުވީ ޑޮމެސްޓިކް އެއާޕޯޓް ތަކުގައި ހަރުކުރާ މި ސިސްޓަމް ހަރުކުރެވުމުން އެ އެއަރޕޯޓަކަށް ޖައްސާ މަތިންދާ ބޯޓަށް އެވަގުތު ބޭނުންވާ މުހިންމު މޫސުމާއި ބެހޭ މައުލޫމާތުތައް ވަގުތުން ފޯރުކޮށްދެވިގެން ދާނެކަމަށެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.