ނަތަންޔާހޫ އދ. އަށް ދިޔައިރުވެސް ހައްޔަރެއް ނުކުރޭ، ހައްރުކުރީ އޭނާއާ ދެކޮޅަށް މުޒާހަރާކުރި މީހުން

އިސްރާއީލުގެ ބޮޑުވަޒީރު ހައްޔަރުކުރުމަށް ކެމްޕޭންގައި ވިވައުދާ ނިއުޔޯކް ސިޓީގެ މޭޔަރު މަމްދާނީ ޚިލާފުވުމުން މުޒާހަރާގެ ބައިވެރިން ވަނީ އެކަމަށް ފާޑުކިޔާފަ އެވެ.

އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރި ޒިޔާރަތާ ދެކޮޅަށް ބުރާސްފަތި ދުވަހު ނިއުޔޯކް ސިޓީގައި މުޒާހަރާކުރި އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނިއުޔޯކްގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދިޔަ މި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވިއިރު، މީގެ ތެރޭގައި ’ޖޫވިޝް ވޮއިސް ފޯ ޕީސް‘ އާއި ’ޕަލަސްޓީނިއަން ޔޫތު މޫވްމަންޓް‘ ގުޅިގެން އދ. ގެ މައި މަރުކަޒު ކުރިމަތީގައި ބޭއްވި ހިނގާލުން ހިމެނެ އެވެ.

އދ. އަށް ވަދެވެން އޮންނަ މައި މަގު ބަންދުކޮށްގެން ކުރިއަށްދިޔަ ހަމަހިމޭން މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ސޫޒަން ސަރަންޑަން އާއި ހެނާ އައިންބައިންޑަރގެ އިތުރުން އެކްޓިވިސްޓް ޗެލްސީ މޭނިންގ ހިމެނެ އެވެ.

ނިއުޔޯކް ފުލުހުން ބިޑިއަޅުވައިގެން ގެންދިޔަ ވަގުތު އައިންބައިންޑަރ ބުނަމުންދިޔައީ ”ނަތަންޔާހޫ ނިއުޔޯކުން ބޭރުކުރޭ، ލުބުނާނަށް ބޮން ނާޅާ، އީރާނަށް ބޮން ނާޅާ، ނަސްލު ނައްތާލުން ހުއްޓާލާ“ ކަމަށެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ފުލުހުން ވަނީ ސިޔާސީ ބައެއް ބޭފުޅުންނާއި އިންތިޚާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންވެސް ހައްޔަރުކޮށްފަ އެވެ.

އޭގެ ތެރޭގައި ނިއުޔޯކް ސިޓީ ކައުންސިލްގެ މެންބަރުން ކަމަށްވާ އެލެކްސާ އަވީލޭސް، ލިންޑާ ސަރްސޫރު، ޖެނިފާ ގުޓިއަރޭޒް، ޗީ އޮސޭ، ދާރިއަލިޒާ އަވީލާ-ޝެވަލިއޭ އަދި އަބޭރު ކަވާސް ހިމެނެ އެވެ.

’ޖޫވިޝް ވޮއިސް ފޯ ޕީސް‘ އާއި ’ޑިމޮކްރެޓިކް ސޯޝަލިސްޓްސް އޮފް އެމެރިކާ‘ އިން އދ. ކައިރީގެ ޓްރެފިކް ބްލޮކްކޮށްފައިވާއިރު، އެމީހުން ތިބީ ”ބޮން އެޅުމުގެ ބަދަލުގައި ރައްޔިތުންނަށް ޚަރަދުކުރޭ“ ޖަހާފައިވާ ޓީޝާޓްތައް ލައިގެންނެވެ.

އެމީހުން ވަނީ ގައްޒާގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި، އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލާފަ އެވެ.

ހައްޔަރުކުރުމަށްފަހު ދޫކޮށްލިތާ މާގިނަ ިރެހ ނުވަނީސް ނިއުޔޯކް ސްޓޭޓް ސެނެޓްގެ ކެންޑިޑޭޓް ކަވާސް ފާހަގަކުރެއްވީ، ކޮންމެ މީހަކުވެސް މަގުމައްޗަށް ނުކުމެ މިކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

”އަޅުގަނޑު ދެކޭގޮތުގައި، ހަނގުރާމައިގެ ކުށްވެރިއެއް ކަމަށްވާ ބެންޖަމިން ނަތަންޔާހޫ ނިއުޔޯކް ސްޓޭޓާއި ނިއުޔޯކް ސިޓީގައި ހުރުމާ ދެކޮޅަށް އަދިވެސް ގިނަ އިންތިޚާބީ މަންދޫބުން ވާހަކަދައްކަންޖެހޭ،“ އޭނާ ބުންޏެވެ. ”މި މުޒާހަރާގައި ބައިވެރިވެ، ހައްޔަރުވާން ޖެހުމަކީވެސް އަޅުގަނޑު ފަޚުރުވެރިވާ ކަމެއް. ސަބަބަކީ މިފަދަ ދަނޑިވަޅެއްގައި އަޚްލާގީގޮތުން ރަނގަޅު ކަންކަމަށް ވަކާލާތުކުރާނެ އިތުރު ބަޔަކު ބޭނުންވާކަމުގެ މެސެޖު އަޅުގަނޑުމެން މި ފޯރުކޮށްދެނީ.“ ކަވާސް

ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން (އައި.ސީ.ސީ) ވަނީ 2024 ނޮވެމްބަރު މަހު ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފަ އެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، 8 އޮކްޓޯބަރު 2023 އިން ފެށިގެން ބަނޑަށްޖެއްސުން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމާއި، މީހުން މެރުމާއި، އަނިޔާވެރިވުމާއި އަދި އާންމުންނަށް އަމާޒުކޮށް ހަމަލާދިނުން ހިމެނެ އެވެ.

ކަވާސްއާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ނިއުޔޯކްގެ ’ޕަލަސްޓީނިއަން ޔޫތު މޫވްމަންޓް‘ ގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އިބްތިހާލް ހިމެނެ އެވެ.

އިބްތިހާލް ’އެމް.އީ.އީ‘ އަށް ކިޔައިދިން ގޮތުގައި، އެމީހުން މުޒާހަރާކުރީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށްވާ ނަތަންޔާހޫ ޒިންމާދާރު ނުކުރެވޭތީއާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުން އޭނާ ހައްޔަރުކޮށް، އޭނާ ހިންގާފައިވާ ޖަރީމާތަކަށް އަދަބުދީ، ހަތިޔާރު ފޯރުކޮށްދިނުން ބަންދުކޮށްފައި ނުވާތީ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.