މިފްކޯ އިން މަސް ގަންނަ އަގު 22 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯއިން މަސް ގަންނަ އަގު މަތިކޮށް، ކިލޯއެއް 22 ރުފިޔާއަށް ގަންނަން ފަށާފައިވާކަމަށް މިފްކޯއިން ބުނެފި އެވެ.

މިއީ ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރެވެ. އަދި މިއީ މި ސަރުކާރު ވެރިކަމަށް އައި ފަހުން އެންމެ ބޮޑު އަގެއްގައި މަސްގަންނަންފެށި ފަހަރެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިފްކޯއިން ކުރި މަސައްކަތުން 22 ރުފިޔާއަށް މިއަދު ވަނީ ބޮޑުކޮށްފައެވެ. މިފްކޯއިން އަންނަނީ މަސް ގަންނަ އަގުތަކަށް ބަދަލުގެންނަން ފަށާފައެވެ. މިފްކޯއިން ބުނެފައިވަނީ ކުރިއަށް އޮތްތަނުގައިވެސް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.

މިފްކޯއިން ބުނީ މަސް ގަންނަ އަގު ބިނާވަނީ، ޑިމާންޑާއި ސަޕްލައިއަށް ކަމަށާއި، މިދުވަސްވަރަކީ، މަސްވެރިކަން ދަށް ދުވަސްވަރެއްނަމަވެސް ކުރިއަށް އޮތް ތަނުގައި މިފްކޯއިން މަސް ގަންނަ އަގު މިހާރަށްވުރެ ރަނގަޅުވުންވެސް އެކަށީގެންވާ ކަމަށެވެ.

ސަރުކާރުން ވަނީ، މަސްވެރިންގެ އަތުން މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުކުރުމަށް ނިންމާފައެވެ.

މަސްވެރިކަން ތަރައްގީ ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސްވެރިކަމަށް އިންވެސްޓު ނުކުރާވަރަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މަސްވެރި ސިނާއަތަށް އިންވެސްޓުކޮށްފައެވެ.އެގޮތުން މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް އަދި އަގު ހެޔޮކޮށް ތެޔޮ ލިބެނޭ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރަށް ރާއްޖޭގެ ދެ ސަރަހައްދެއްގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިމާ ބަނދަރުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.