މޫސުމީ ބަދަލުތަކާ ބެހޭ ވުޒާރާއިން މ. މުލީ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މ. މުލީ ކައުންސިލާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މުލީގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށްޓަކައި އެރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އަދި މިހާރުވެސް ކުރިއަށްދާ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުންނެވެ. އެގޮތުން، ރަށަށް ދިމާވެފައިވާ ގިރާ ސަރަޙައްދުތަކުގެ މައްސަލައާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެއިތުރުން، ރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިހާރު ކުރިއަށްދާ ހަކަތައާ ގުޅުންހުރި އެކި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވެސް މި ބައްދަލުވުމުގައި ވަނީ ޙިއްޞާކޮށްފައެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވުޒާރާގެ ފަރާތުން ކައުންސިލަށް މަޢުލޫމާތު އަރުވާފައިވެއެވެ.

މި ބައްދަލުވުމުގައި މުލީ ކައުންސިލްގެ މެންބަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ އިސްކަންދޭންޖެހޭ ކަންކަމާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވުޒާރާގެ އިސްވެރިންނާ ޙިއްޞާކުރައްވާފައެވެ. އަދި ވުޒާރާގެ ފަރާތުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ޙައްލު ހޯދައިދިނުމަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.