މެދުއިރުމަތީގެ ލީޑަރުންނަށް ޓްރަމްޕް ވަރަށް ބޮޑަށް ތައުރީފު ކޮށްފި

އީރާނު ހަނގުރާމައާ ގުޅޭގޮތުން އދ. ގައި ބޭއްވި ބައްދަލުވުމުގައި މެދުއިރުމަތީގެ ލީޑަރުންނަށް ޓްރަމްޕް ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ. 

ސަރަޙައްދީ އިސް ފަރާތްތަކާއެކު އެމެރިކާގެ ރައީސް ބޭއްވި ބައްދަލުވުމުން މާބޮޑު ނަތީޖާއެއް ނުކުމެފައިވާކަން ހާމަކޮށްފައެއް ނުވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި، ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއެކު އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބައްދަލުވުމެއް ބާއްވަވާފަ އެވެ.މި ބައްދަލުވުމަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ ބައްދލުވުމެކެވެ.

މި ބައްދަލުވުމުގައި އެ ބޭފުޅުންނަށް ޓްރަމްޕް ވަރަށް ބޮޑަށް ތައުރީފު ކުރިނަމަވެސް، ސަރަޙައްދީ ހަމަނުޖެހުންތަކާ ގުޅޭގޮތުން މުހިންމު އެއްވެސް ނިންމުމެއް އިޢުލާނު ކޮށްފައެއްނުވެ އެވެ.

އަންގާރަ ދުވަހުގެ ބައްދަލުވުމުގެ ކުޑަވަޤުތުކޮޅެއް ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ޔަޤީންކޮށްދިން ގޮތުގައި، ހަނގުރާމައިން އަބުރުވެރިގޮތަކަށް ސަލާމަތްވުމަށް ހުރިހާ ފަރާތްތަކަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އޭނާގެ މަންދޫބުން ވަނީ އީރާނުގެ އޮފިޝަލުންނާއެކު ތިން ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކެއް ބާއްވާފަ އެވެ.

”އެއީ ވަރަށް ކާމިޔާބު، އަދި ވަރަށް ނަތީޖާ ނެރެވޭނެ ބައްދަލުވުމެއް، އަދި ވަރަށް އަވަސް މުސްތަޤްބަލެއްގައި އެފަދަ އެހެން ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައި.“ ޓްރަމްޕް.

އޭގެ ފަހުން ސަރަޙައްދީ އިސް ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި، ޓްރަމްޕް ވަނީ މި މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި އޭނާގެ މަންދޫބުން ކަމަށްވާ، ސުލްޙައިގެ މިޝަންތަކަށް ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރ ކުރެއްވި މަސައްކަތްތައް ފާހަގަކޮށްފަ އެވެ.

”އެކަމުގައި ދެން ވާގޮތެއް ބަލަމާ ހިނގާ… އަހަރުމެން މެދުވެރިއެއްގެ ދައުރު އަދާކުރާތާ ދުވަސްކޮޅެއް ވެއްޖެ، އެކަމަކު އަހަންނަށް ހީވަނީ އެއްބަސްވުމަކަށް އައުމަށް މިހާރު ވަރަށް ބޮޑު ބާރެއް ލިބިފައިވާހެން. އެއީ ހުރިހާ ފަރާތްތަކަކުންވެސް އަހަރުމެންނަށް މަޢުލޫމާތު ލިބެމުންދާ ގޮތް،“ ޓްރަމްޕް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.