އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގެއްލުންވެފައިވާ އިމާރާތެއް ވެއްޓި ގިނަ ބަޔަކު ދަށުގައި ތާށިވެއްޖެ

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގެއްލުންވެފައިވާ އިމާރާތެއް ވެއްޓި، ގިނަ ބަޔަކު ދަގަނޑާއި ސިމެންތިތަކުގެ ދަށުގައި ތާށިވެއްޖެ

އިޒްރޭލު ސިފައިން ކުރިން ދީފައިވާ ހަމަލާތަކުގެ ސަބަބުން ލޮޅުން އަރާފައިވާ ޣައްޒާގެ އިމާރާތެއް ވެއްޓި 14 މީހުން މަރުވެއްޖެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހާދިސާގައި އިމާރާތުގެ ބައިތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އިދާރާއިން ބުނި ގޮތުގައި، ގާޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލް-ސިނާއު މަގުގައި ހުރި ހަ ބުރީގެ މި އިމާރާތް ވެއްޓުނީ މީހުން ނިދާފައި ތިއްބާ ކުއްލިއަކަށެވެ.

އެ ސަރަހައްދުގެ ރަހުމަތްތެރިން ބުނާ ގޮތުގައި، އެ އިމާރާތުގައި 10 އަށްވުރެ ގިނަ އާއިލާގެ ގާތްގަނޑަކަށް 80 މީހުން ދިރިއުޅެމުން ދިޔަ އެވެ. އޭގެ ތެރެއިން ބޮޑުބަޔަކީ ކުޑަކުދިންނެވެ.

ސިވިލް ޑިފެންސްގެ ޓީމުތަކުން މިހާތަނަށް 14 މީހެއްގެ ހަށިގަނޑު ނެރެފައިވާއިރު، އޭގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނެ އެވެ. އަދި އަނިޔާވި 10 މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ.

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސާލް ވިދާޅުވި ގޮތުގައި، އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ރޯ އަޑު އިވެމުންދާތީ، އެ މީހުންނާ ހަމައަށް ވާސިލްވުމަށް މުވައްޒަފުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

އެ އިދާރާގެ ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރު ޢަބްދުﷲ އަލް މަޖްދަލާވީ ވިދާޅުވީ، ނެގުނު ހުރިހާ ހަށިގަނޑެއް ފެނުނީ ގޮދަޑިމަތީގައި އޮއްވާ ކަމަށާއި، އޭގެއިން އެނގެނީ އިމާރާތް ވެއްޓުނު ވަގުތު އެ އެންމެން ތިބީ ނިދާފައި ކަމަށެވެ.

ނަމަވެސް، އިޒްރޭލުން ހިންގަމުންދާ ޤަތުލުއާންމުގެ ތެރޭގައި ޣައްޒާގެ ގިނަ މެޝިނަރީތައް ހަލާކުކޮށްލާފައިވުމުން، ތާށިވެފައި ތިބި މީހުން ނެގުމަށް ބޭނުންވާ ބަރު އާލާތްތައް ނެތްކަން މަޖްދަލާވީ ފާހަގަކުރެއްވި އެވެ. ”އަޅުގަނޑުމެންގެ އަތުގައި އެންމެ އަސާސީ ވަސީލަތްތައްވެސް ނެތް. އިމާރާތް ވެއްޓުނު ވަޤުތު ކައިރީގައި ތިބި މީހުންގެ އަތުން މަރުތޭލާއި ފިޔޮހި ފަދަ ތަކެތި ހޯދަން ޖެހުނީ ވަސީލަތްތަކުގެ ދަތިކަން އިންތިހާއަށް އޮތުމުން،“ ޢަބްދުﷲ

އެ އިމާރާތް ކައިރީގައި ފޭލިގެއެއްގައި ދިރިއުޅޭ ސަބްރީން ނާސިރު ބުނި ގޮތުގައި، އޭނާގެ ދަރިންގެ ދެ ރަހުމަތްތެރިއަކު އަދިވެސް ވަނީ އިމާރާތުގެ ދަށުގަ އެވެ.

”އަހަރެންގެ ދަރިން މިތަނުގައި މަޑުކޮށްލައިގެން އެތިބީ އެކުދިންގެ ރަހުމަތްތެރިން ސަލާމަތުން ނެރޭނެ ވަޤުތަކަށް އިންތިޒާރުކުރަން،“ އޭނާ ކިޔައިދިނެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ތަލާލް އަލް ހަރަޒީން ބުނި ގޮތުގައި، އިމާރާތް ވެއްޓުނު ވަޤުތު ބާރުގަދަ ބިންހެލުމެއް އައި ފަދަ އިހުސާސެއް ކުރެވުނެވެ.

ފަތިހު 3:10 ހާއިރު މުޅި އިމާރާތް ބިމާ ހަމަވާން ނެގީ އެންމެ 10 ސިކުންތެވެ. އޭނާ ބުނި ގޮތުގައި އެ އިމާރާތުގައި އުޅުނު ޢާއިލާތަކުގެ ތެރޭގައި އަބޫ ރަސް، އަލް ސުވަތުރީ، އަދަސް، އަލް ޖައުބަރީ، އަލް އަޖްލާ އަދި ސައާދާ އާއިލާ ހިމެނެ އެވެ.

ހަރަޒީން އިތުރަށް ބުނި ގޮތުގައި، އިޒްރޭލުގެ ބޮން އެޅުމުގެ ސަބަބުން އެ އިމާރާތުގެ ތިން ބުރިއެއް އޮތީ ކުރިންވެސް ބިމުގެ އަޑިއަށް ގޮސްފަ އެވެ.

އެހެންނަމަވެސް، ދާނެ އެހެން ތަނެއް ނެތުމުން އެ ޢާއިލާތަކުން އެތަނުގައި ދިރިއުޅުނީ އެވެ.

”އިމާރާތް ވެއްޓިދާނެ ކަމުގެ ބިރު އޮތްކަން އެންމެންނަށްވެސް އެނގޭ. މީހުން އެމީހުންނަށް އިންޒާރުވެސް ދިން، އެކަމަކު އެމީހުން ބުނީ ދެން ދާނީ ކޮންތާކަށްހޭ؟ ކޮންމެ ދުވަހަކުވެސް އިމާރާތުން ބައިބައި ވެއްޓެމުން ދިޔައީ. އިއްޔެވެސް ގައުތައް ވެއްޓުމުން އަޅުގަނޑުމެން ބުނިން މިއަދު މިއޮތީ ވެއްޓެން ކައިރިވެފައޭ. އެރޭ އެ އިމާރާތް އެ ވެއްޓުނީ،“ އޭނާ ހިތާމައާއެކު ކިޔައިދިނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.