އިނގިރޭސިވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިސްރާއީލުން ގޮވާލައްވައިފި

ފޯކްލޭންޑް އައިލެންޑްސްގެ މައްސަލައިގައި އިނގިރޭސިވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިސްރާއީލުގެ ވަޒީރުން ގޮވާލައްވައިފި އެވެ.

މި ގޮވާލުންތަކަކީ އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޤާއިމުކޮށްފައިވާ އާބާދުވުންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ރައްދު ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބެލެވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އާއި ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ވަނީ، އިނގިރޭސިވިލާތުން އިސްރާއީލުގެ އާބާދުވުންތަކާ އެކު ކުރާ ވިޔަފާރި މަނާކުރަން އުޅޭތީ، ފޯކްލޭންޑް އައިލެންޑްސްގެ މައްސަލައިގައި އިނގިރޭސިވިލާތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބާރުއަޅާފަ އެވެ.

ސްމޮޓްރިޗް ވަނީ އިސްރާއީލުގައި ހުންނަވާ އިނގިރޭސި ސަފީރު ބޭރުކޮށްލުމަށް ގޮވާލައި، ހަރުކަށި އިސްލާމީ ފިކުރުގެ ނުފޫޒު އޮތް އަދި އިޤްތިޞާދީ ގޮތުން ހީނަރުވަމުންދާ ޤައުމަކުން ޔަހޫދީންނަށާއި އިސްރާއީލަށް ޙަމަލާދީގެން ސަލާމަތްވާން ކުރާ މަސައްކަތަށް ދޫނުދޭނެ ކަމަށް ބުނެފަ އެވެ. އަދި އިސްރާއީލުގެ ބިމުގައި އޮތް އިނގިރޭސިންގެ އިސްތިއުމާރީ ބާރު މިހާރު ނިމިފައިވާ ކަމަށްވެސް އޭނާ ފަހަގަކުރި އެވެ.

މީގެ އިތުރުން ބެން ގްވީރު ވަނީ ފޯކްލޭންޑް އައިލެންޑްސް (މަލްވީނަސް އައިލެންޑްސް) އަކީ އިނގިރޭސިން ގަދަބާރުން ހިފައިގެން އުޅޭ އާޖެންޓީނާގެ ބިމެއްގެ ގޮތުގައި އިސްރާއީލުން ރަސްމީކޮށް ބަލައިގަތުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލާފަ އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އިނގިރޭސިން އެ ބިން ހިފައިގެން ތިބުމުގެ އިތުރުން، އެތަނުން ތެޔޮ ނަގައިގެން އާޖެންޓީނާގެ ރައްޔިތުންގެ ފައިސާ ފޭރެމުންދެ އެވެ.

އެހެންކަމުން އެ ބިމުގެ ސިޔާދަތީ ބާރު އާޖެންޓީނާއަށް އޮތްކަން ޤަބޫލުކޮށް، އިނގިރޭސިވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އޭނާ ބާރުއެޅި އެވެ.

ފޯކްލޭންޑް އައިލެންޑްސްގެ މިލްކުވެރިކަމާ މެދު އާޖެންޓީނާ އާއި އިނގިރޭސިވިލާތާ ދެމެދު ދެބަސްވުން އޮތް ނަމަވެސް، އެތަނުގެ ގިނަ ރައްޔިތުން ތާޢީދުކުރަނީ އިނގިރޭސިވިލާތުގެ ދަށުގައި ތިބުމަށެވެ.

ނިމިދިޔަ ހަފުތާގައި އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި ވަނީ އެ ޤައުމުގެ ސިޔާދަތީ ބާރަށް އަރައިގަނެފައިވާ ކަމަށް ބުނެ، ފޯކްލޭންޑް ކައިރިން ތެޔޮ ނަގަން އުޅޭ ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީﷲަ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އާޖެންޓީނާއިން އެ ރަށްތަކަށް އަރައިގަނެފި ނަމަ، އިނގިރޭސިވިލާތަށް އެހީތެރިނުވާނެ ކަމުގެ އިޝާރާތެއް ކޮށްފަ އެވެ.

އިސްރާއީލުގެ އާބާދުވުންތަކާ ދެކޮޅަށް އިނގިރޭސިވިލާތުން އަޅަން އުޅޭ ފިޔަވަޅުތަކާ ގުޅިގެން، އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް ވަނީ އިނގިރޭސިވިލާތުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅާ ނަމަ، އިސްރާއީލުން ވެސް ރައްދު ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް މަޤާމާ ޙަވާލުވެވަޑައިގަތް ފަހުން އިސްރާއީލުގެ ބޮޑުވަޒީރާ ވާހަކަދައްކަވާފައި ނުވާއިރު، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން އޭނާ ވަނީ ރައީސް ޓްރަމްޕާ މަޝްވަރާ ކޮށްފަ އެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން އިނގިރޭސިވިލާތުގެ މި ސިޔާސަތާ ދެކޮޅު ހަދާ ކަމަށް މަޢުލޫމާތު ލިބެ އެވެ.

މި ޙާދިސާތަކާ ގުޅިގެން އިނގިރޭސިވިލާތާއި އިސްރާއީލާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެ، މަސްލަޙަތު ގޯސްވާނެ ކަމަށް ބެލެވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.