ލަންކާ ކޯޗު ވަކިކޮށްފި

އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ސްރީލަންކާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗިން ސްޓާފަކު ހިންގި ބަލައިނުގަނެވޭފަދަ ޢަމަލުތަކާ ގުޅިގެން، ފުޓްބޯލް ފެޑަރޭޝަން އޮފް ސްރީލަންކާ (އެފް.އެފް.އެސް.އެލް) އިން ވަގުތުން ފިޔަވަޅު އަޅައިފި އެވެ.

މިގޮތުން، އެ ފެޑަރޭޝަނުން ބަލައިނުގަނެވޭނެ ފަދަ އަޚްލާޤީ މައްސަލައެއްގައި، 20 އަހަރުން ދަށުގެ ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ވަނީ ވަގުތުން މަޤާމުން ވަކިކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެފް.އެފް.އެސް.އެލްގެ ރައީސް ޖަސްވާރު އުމަރު ވިދާޅުވި ގޮތުގައި،އަޚްލާޤީ މިންގަނޑުތަކާ ޚިލާފު އެއްވެސް ޢަމަލަކަށް، ޚާއްސަކޮށް ޤައުމީ ޓީމުގެ ޒުވާން ކުޅުންތެރިންނާއެކު މަސައްކަތްކުރާ އިރު، އެއްވެސް މިންވަރަކަށް ދޫނުދެއްވާނެ އެވެ.

މި ހާދިސާއާ ގުޅޭ ރަސްމީ ބަޔާނެއް ވަރަށް އަވަހަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ފެޑަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ސްރީލަންކާގެ ފުޓްބޯޅައިގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މި ނިންމުމަށް މަރުހަބާ ކިޔާފައިވާއިރު، ގިނަ ބަޔަކު ވަނީ ކުޅިވަރުގެ ތެރޭގައިއަޚްލާޤީ ސުލޫކާއި ފަންނީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.