ތެލާއި ގްރީސް ކޮންޓްރޯލްކުރުމާ ބެހޭ އުސޫލަށް މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ކަމާބެހޭ ދާއިރާތަކުގެ ފަންނީ ބޭފުޅުންނާއި ހިއްސާދާރުންނާއެކު، ”ޑްރާފްޓް އޮއިލް އެންޑް ގްރީސް ޓްރެޕް ގައިޑްލައިން“ އާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ތެލާއި ގްރީސް ބޭރުކުރުން ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި އެކުލަވާލާފައިވާ އުސޫލު އިތުރަށް ފުރިހަމަކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދާއިރާގެ މުހިންމު ފަރާތްތަކުން ބައިވެރިވެ، އުސޫލު ތަންފީޒުކުރުމުގައި ކުރިމަތިވެދާނެ އަމަލީ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

theyo grease

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އެކުލަވާލާފައިވާ ޑްރާފްޓް ގައިޑްލައިނާ ބެހޭގޮތުން ހިއްސާދާރުންގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި، އެ ފަރާތްތަކުގެ ފަންނީ ލަފަޔާއި އިރުޝާދު ހޯދުމެވެ. މީގެ އިތުރުން، މި ދާއިރާގައި ތެލާއި ގްރީސް މެނޭޖްކުރުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ބައިވެރިންގެ ފަރާތުން އަގުހުރި ހިޔާލުތަކެއް ވަނީ ލިބިފައެވެ.

މިއަދުގެ ބައްދަލުވުމުން ލިބުނު ފާހަގަކޮށްލެވޭ ހިޔާލުތަކާއި މަޝްވަރާތަކުގެ އެހީގައި، މި ގައިޑްލައިން އިތުރަށް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމަށާއި ދާއިރާގެ ކުރިއެރުމަށް މަގުފަހިވާނެ ފަދަ ގޮތަކަށް ފައިނަލް ކުރެވޭނެ ކަމަށް މި މަސައްކަތު ބައްދަލުވުން އިންތިޒާމުކުރި ފަރާތުން މައުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.