ބެލެނިވެރިކަމުގެ ހުނަރުތަކާ ގުޅޭގޮތުން ދ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް މައުލޫމާތުދީފި

ބެލެނިވެރިކަމުގެ ހުނަރުތަކާ ގުޅޭގޮތުން ދ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނަކީ އަހުލާގު ރަނގަޅު ޖީލެއް ބިނާކޮށް، ކޮންމެ ބެލެނިވެރިޔަކީ ވެސް ދަރިން ތަރުބިއްޔަތުކުރުމުގައި ނަމޫނާ ބެލެނިވެރިޔަކަށް ހެދުމަށާއި ބެލެނިވެރިން ޒިންމާދާރުކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މި އޮގަސްޓު މަހު 6 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނަކީ އެ މަދަރުސާ އާއި މީދޫގައި މަސައްކަތްކުރާ ފުލުހުންނާއި ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓު އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ސެޝަންގައި، ދަރިން ތަރުބިއްޔަތުކުރުމުގައި ވިސްނަންޖެހޭ މުހިންމު ކަންތައްތަކާއި، ބެލެނިވެރިކަމުގެ ތަފާތު ވައްތަރުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، ދަރިންނާމެދު ލޯތްބާއި އޯގާތެރިކަން ބެހެއްޓުމުގެ މުހިންމުކަމާއި، ދިމާވާ އެކި ކަންކަމުގައި މަޝްވަރާކޮށް އެ ކުދިންނާއެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަން ބުނެދީފައިވެއެވެ. އަދި އެކުދިންނާއި ގާތް ގުޅުމެއް ބާއްވައި ކުދިން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ވެސް މި ސެޝަންގެ ތެރެއިން ކިޔައިދެވިފައިވެއެވެ. އަދި ޒިންމާދާރު ގޮތެއްގައި ބެލެނިވެރިކަމުގެ ދައުރު އަދާކުރާނެ ގޮތާއި ޒިންމާދާރު ބެލެނިވެރިއެއްގެ ކިބައިން ފެންނާނެ ސިފަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ހަމައެހެންމެ އެންމެ ތުއްތު އިރުގައި ދަރިންނަށް ދެވޭ ތަރުބިއްޔަތަކީ ވަރަށް މުހިންމު އެއްޗެއްކަމާއި ދަރީންގެ ހަރަކާތްތައް ގާތުން ބަލައި މޮނީޓަރކޮށް ތުއްތު ކުދިންނަށް ވިސްނޭނެހެން އުމުރާ ގުޅޭގޮތަށް ރަނގަޅު ކަންކަން ދަސްކޮށްދިނުމަށާއި ދަރީން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް އަބަދުވެސް ހިތްވަރުދިނުމަށާއި ދީނީ ކަންކަމަށް ދަރިންނަށް ބާރު އެޅުމަށް ނަސޭހަތްތެރިވިއެވެ.

އޭގެއިތުރުން ވެސް، ދަރިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށާއި ދަރީން ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކާއި އެފަދަ ކަންކަން ހައްލުކުރެވޭނެ ގޮތްތަކާއި ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ގެންގުޅެވިދާނެ އުކުޅުތައް ބުނެދީ އަދި ދަރީން ބެލެހެއްޓުމުގައި ގާނޫނީ ގޮތުން ވިސްނަންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.