ހުޅުމާލޭގައި “ރޯޑްޝޯ” އެއް ކުރިއަށް ގެންގޮސްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި “ރޯޑްޝޯ” އެއް ކުރިއަށް ގެންގޮސްފިއެވެ.

ހުޅުމާލެ ޓްރެފިކް ފުލުހުން ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވައި، މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށާއި ބަދަހި އަދި އަމާން މުޖުތަމައެއް ބިނާކުރުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހުޅުމާލެ ފޭސް 1 އަދި 2ގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ބައިވެރިވެލެއްވިއެވެ.

ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން، އުޅަނދު ދުއްވާ މީހުންނާއި މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، އުޅަނދު ދުއްވާއިރު ތިމާއާއި އަނެކުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބާރަށް އަދި ނުރައްކާތެރިކޮށް އުޅަނދު ނުދުއްވުމަށާއި މަގުހުރަސްކުރާ މީހުންނަށް އިސްކަންދީ އަދި ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމަށް ކިޔައިދީފައިވެއެވެ.

ހަމައެހެންމެ، ހިނގާބިނގާވެ އުޅޭ މީހުން ވެސް ދުއްވާއެއްޗިއްސަށް ސަމާލުކަންދިނުމަށާއި މަގުހުރަސްކުރާނަމަ މަގުގެ ދެކޮޅު ބަލައި ރައްކާތެރިކަން ކަށަވަރުކުރުމަށް ކިޔައިދީފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.