ޑީއެންއާރުގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

17 އަހަރުވީ ޑީ.އެން.އާރުގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

2008 ވަނަ އަހަރުން ފެށިގެން ދިވެހި ރައްޔިތުންނަށް އައިޑީ ކާޑުގެ ޚިދުމަތް ދެމުން އަންނަ، ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، މިއަހަރު ނިމުމުގެ ކުރިން އައު ކައުންޓަރުތަކުން ޚިދުމަތް ދޭން ފެށުމަށްޓަކައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ޑިއެންއާރުން ވަނީ އިއުލާންކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މަސައްކަތް ކުރުމަށް އިއުލާންކޮށްފައިވާއިރު، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ސެޝަން އޮންނާނީ 12 އޮގަސްޓް 2026ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00ގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ވެލާނާގެ، 4 ވަނަ ފަންގިފިލާ)ގައެވެ.

މި މަސައްކަތަށް ބިޑް ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިމަސައްކަތް ކުރުމަށް ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ 31 އޮގަސްޓް 2026ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00އެވެ.

އިތުރު މަޢުލޫމާތު https://www.gazette.gov.mv/iulaan/405137 ލިންކު މެދުވެރިކޮށް ލިބޭނެއެވެ.

މި ބަދަލާއެކު، އައިޑީ ކާޑުގެ ޚިދުމަތް ހޯދާ ދިވެހި ރައްޔިތުންނަށް ރީތި، ޒަމާނީ އަދި ކުރިއަށްވުރެ ފަސޭހަކަމާއެކު ޚިދުމަތްތައް ލިބިގެންދާނެއެވެ.

މި މަސައްކަތަކީ ސަރުކާރުގެ ”މޯލްޑިވްސް 2.0“ ތަޞައްވުރުގެ ދަށުން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައިވެސް ޑީ.އެން.އާރުން ދެމުންދާ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، ރައްޔިތުންނަށް ދެމުންދާ ޚިދުމަތް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މާލޭ ސަރަހައްދުގައި ޑީއެންއާރުގެ އިތުރު 3 އޮފީހެއް (ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2 އަދި ވިލިމާލެ) ހުޅުވައި، ޚިދުމަތް ދަނީ ދެމުންނެވެ.

މީގެއިތުރުން، މެލޭޝިޔާ، ސްރީލަންކާ އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ އިތުރުން ބައެއް ރަށްރަށުގައިވެސް އައި.ޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.

މި ޚިދުމަތް ރަށްރަށުގައި ފެށުމާއެކު، ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެން ގޮސްފައެވެ. އެގޮތުން، އައި.ޑީ ކާޑު ހެދުމަށް އޮންލައިންކޮން ހުށަހެޅުމާއި، އެމީހަކު ހުރި ރަށަކުން ނުވަތަ އެންމެ ކައިރި ތަނަކުން އަވަސްކަމާއެކު ލިބިގެން ދެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.