އީރާނުގެ ޙަމަލާތަކުގައި އެމެރިކާގެ ސިފައިންގެ 100 ވަރަކަށް މީހުން ޒަޚަމް ވެެއްޖެ – ޕެންޓަގަން

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ތެރެއިން، ޖުލައި 7 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ ސިފައިންގެ ސަތޭކައެއްހާ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.

އީރާނުން އަންނަނީ އެމެރިކާއިން ކޮންމެ ރެއަކު ދެމުންދާ ޙަމަލާތަކުގެ ރައްދުގައި، ބަހްރެއިން، ޢިރާޤު، އުރުދުން އަދި ކުވެއިތުގައި ހުންނެވި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާދެމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޕެންޓަގަންގެ މި މަޢުލޫމާތު ހާމަކޮށްފައިވަނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ އަސްކަރީ ގިނަ ޢަދަދެއްގެ މީހުންނަށް ލިބުނު އަނިޔާތައް ޕެންޓަގަންއިން ހާމަނުކޮށް ފޮނރުވާފައިވާކަމަށް ބުނެ ނިއުޔޯކް ޓައިމްސް ނޫހުން ގެނެސްދިން ރިޕޯޓަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ތަރުޖަމާނު ޕާނެލް ވިދާޅުނިތާ 5 ގަޑިއިރުވެސް ނުވަނީސް އެވެ.

ޕާނެލް ވިދާޅުވީ، ”މިއީ ތާރީޚުގައިވެސް އެންމެ ހާމަކަން ބޮޑުގޮތެއްގައި މަސައްކަތްކުރާ ޑިޕާޓްމަންޓެވެ.

މި ދޮގުތައް ލިޔުނު ކަމަށް ބުނާ ނޫސްވެރިންނަށް އަޅުގަނޑުމެން ގޮންޖަހަން– އޭގެ ތެރެއިން އެކަކު ވަނީ ފެޑެރަލް ޖިނާޢީ ޤާނޫނާ ޚިލާފުވި ކަމުގެ ތުހުމަތުގައި ފަހަކަށް އައިސް ސަބްޕީނާވެސް ކޮށްފަ އެވެ.

ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ހަނގުރާމަކުރާ ބާރާ ދެކޮޅަށް ފަތުރަމުންދާ ދޮގު ވާހަކަތައް ހުއްޓާލުމަށް ގޮވާލަމެވެ.“

އަންގާރަ ދުވަހުގެ ހެނދުނާ ހަމައަށް، އެމެރިކާގެ އަސްކަރީ ގެއްލުންތައް ބަލަހައްޓާ ރަސްމީ ޑޭޓާބޭސްއިން ދައްކާގޮތުގައި ޖުލައި މަހު ހަނގުރާމައިގައި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކު މަރުވެފައެއް ނުވަތަ ޒަޚަމްވެފައެއް ނުވެ އެވެ.

ނަމަވެސް، ޑިޕާޓްމަންޓް އޮފް ވޯ އިން މިހާރު ވަނީ އުރުދުންގެ މުވައްފަޤު ޞަލްޙީ ވައިގެ އަސްކަރީ މަރުކަޒަށް ދިން ބެލިސްޓިކް މިސައިލް ހަމަލާތަކުގައި އެމެރިކާގެ އަސްރީ 3 ސިފައިން މަރުވެފައިވާކަން ހާމަކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ޓެކްސަސްގެ ކެރޮލްޓަންއަށް އުފަން ޢުމުރުން 19 އަހަރުގެ ޕްރައިވެޓް އިޒަބެއްލާ ގޮންޒާލެސް އާއި، ހަވާއީގެ އީވާ ބީޗަށް އުފަން ޢުމުރުން 25 އަހަރުގެ ޖޭމްސް ފީހަންގެ އިތުރުން ގެއްލިފައިވާކަމަށް ބެލެވޭ ތިންވަނަ ސިފައިންގެ މީހެކެވެ.

މީގެއިތުރުން ޢިރާޤުގެ އަރްބީލް ވައިގެ އަސްކަރީ މަރުކަޒުގައި، އީރާނުގެ ޑްރޯނެއް ގޮއްވާލުމުގެ ތެރޭގައި ނޯތު ކެރޮލައިނާގެ ފެޔެޓްވިލްއަށް އުފަން ޢުމުރުން 30 އަހަރުގެ ސާޖަންޓް މައިކަލް އެމެނުއެލް ސްވިންޓަން މަރުވެ، އިތުރު ސިފައިންގެ މީހަކަށް ޒަޚަމްތަކެއް ލިބިފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.