
މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ”އަރުތަ“ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި
ދިވެހި ފުލުހުންގެ ހިދުމަތާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގުޅިގެން މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ހާއްސަކޮށްގެން 02 ދުވަހުގެ މުއްދަތަށް ”އަރުތަ“ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމްގައި އެ އިދާރާގެ މުވައްޒަފުންނަށް ހާއްސަކޮށްގެން 02 ސެޝަން ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން 2026 ޖުލައި 09 ވަނަދުވަހު އެ އިދާރާގައި ކުރިއަށްގެންދިޔަ ”ޓައިމް މެނޭޖްމަންޓް އެންޑް ޕްރޮޑަކްޓިވިޓީ“ ސެޝަން ނަންގަވައިދެއްވާފައިވަނީ ޑިރެކްޓަރ ޑިވެލޮޕްމަންޓް އެންޑް ރިސާރޗް އާއިޝަތު ނީލަމް ރަޝީދެވެ.

2026 ޖުލައި 11 ވަނަދުވަހު ކ.ވައްމާފުށީގައި ކުރިއަށްގެންދިޔަ ”ޓީމް ބިލްޑިންގ އެކްޓިވިޓީސް“ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓްގެ އިވެންޓް މެނޭޖްމަންޓްގެ މުވައްޒަފުންގެ އިތުރުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ރަޝީދެވެ.
މި ޕްރޮގްރާމްގައި މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ ޖުމްލަ 39 މުވައްޒަފުން ބައިވެރިވެފައިވެއެވެ. އެއީ 28 އަންހެން މުވައްޒަފުންނާއި 11 ފިރިހެން މުވައްޒަފުންނެވެ.



