ކުރިއަށް އޮތް ދުވަސްތަކުގަ ޑީއެންއާރުގެ ދައުރު ދާނީ ފުޅާވަމުން: އިޙްސާން

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު)ގެ ދައުރު ކުރިއަށް އޮތް ދުވަސްތަކުގަ ދާނީ ފުޅާވެގެން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަކީ 1984 ވަނަ އަހަރު އުފެދި، ދިވެހިރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަން ސިސްޓަމެއް ޤާއިމް ކުރުމުގެ ގޮތުން، ރަޖިސްޓްރޭޝަންގެ ރެގިއުލޭޓިންގ ބޮޑީގެ ގޮތުގައި މެންޑޭޓް ކުރެވިފައިވާ ދިވެހި ދައުލަތުގެ މުއައްސަސާއެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޑީއެންއާރުގެ 42ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގަ ޑީއެންއާރުގެ މަސައްކަތްތައް ދާނީ އިތުރަށް ފުޅާވެގެން ކަމަށާއި އެގޮތުން ސިވިލް ރަޖިސްޓްރޭޝަނަކަށް މުޅި ނިޒާމު ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

އަބަދުވެސް ޓެކްނޮލޮޖީއަށް މި އަންނަ ބަދަލުތަކާ އަދި ޤައުމަށް މި އަންނަ ކުރިއެރުންތަކާ އެކު ބައިނަލްއަޤްވާމީ ގޮތުންވެސް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ މިންގަނޑުތައްވެސް ދާނީ ބަދަލުވަމުން. އަބަދުވެސް ތިބެންވާނީ އަންނަ ކޮންމެ ބަދަލަކަށް މަރުހަބާ ކިޔަން ތައްޔާރަށް. ވަޒީރު

ވަޒީރު ވަނީ ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޑީއެންއާރުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކުން ރައްޔިތުންނާ ގާތުން މިހާރު ލިބޭކަން ފާހަގަކުރައްވާފައެވެ.

ޑީއެންއާރަށް ޚިދުމަތް ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ޑީއެންއާރާއި މިވަގުތު ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ އަަހުމަދު އާލީ އަދި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރ އިސްމާއީލް އިރުފާނު ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ އެ ދެ ބޭފުޅުންނަނަށްވެސް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސަރުކާރުން އެދޭ ވަރަށް ވުރެވެސް ފުރިހަމައަށް މަސައްކަތްތައް ޑެލިވަރީ ކޮށްދެއްވާ. ހަމަ ޔަގީންނުންވެސް މި ކާމިޔާބީއަކީ ހުރިހާ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް. ވަޒީރު

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އިން ބަލަހައްޓާ ދިވެހިރައްޔިތުންގެ މައުލޫމާތުތައް ބެލެހެއްޓުމުގައާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ މަސައްކަތް ކުރުމުގައި ޒަމާނާ އެއްގޮތަށް އެންމެ ފުރިހަމަ ޙިދުމަތް، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރައްޔިތުންނަށް ހަމަހަމަ ކަމާ އެކު ލިބޭނޭހެން މަސައްކަތް ކުރުމަކީ ޑީއެންއާރުގެ އަމާޒެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.