މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބޭރުގެ މުހިންމު ބައިވެރިންނާއެކު އިޤްތިޞާދީ ގުޅުންތައް ބަދަހިކޮށް، އައު ފުރުޞަތުތައް ފަހިކުރުމަށް ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތަށް، ”މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް“ ވަނީ ފަށާފައެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، އިންވެސްޓް މޯލްޑިވްސް އަދި އިންޑިއާ ހައިކޮމިޝަން ގުޅިގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ އިސްވެރިން ބައިވެރިވެވަޑައިގަތް މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށާއި، ދެމެހެއްޓެނިވި ބައިވެރިވުންތަކެއް އުފެއްދުމުގެ އިތުރުން، ނަތީޖާ ނެރެވޭފަދަ ހަރަކާތްތެރި އިޤްތިޞާދީ ގުޅުމެއް ކުރިއެރުވުމުގެ މައްޗަށެވެ.

މި ސެޝަން ނިންމާލާފައިވަނީ، ދެޤައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތައް ރަސްމީ އޮނިގަނޑެއްގެ ތެރެއަށް ފައްތައި، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން މެދުނުކެނޑި ކުރިއަށްގެންދިއުމަށްޓަކައި ”މޯލްޑިވްސް-އިންޑިއާ ބިޒްނަސް ކައުންސިލް“ އެއް އުފެއްދުމަށް ނިންމުމަށްފަހުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.