
ނިމިދިޔަ ސަރުކާރުން ޝަރުތު ހަމަނުވާ 300 އަށްވުރެ ގިނަ މީހުންނަށް ފުލެޓް އެލޮކޭޓް ކޮށްފައި ހުރި
ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4000 ފުލެޓަށް ޝަރުތު ހަމަނުވާ 300 އަށްވުރެ ގިނަ މީހުންނަށް ފުލެޓް އެލޮކޭޓް ކޮށްފައި ހުރި ކަމަށާ، ފުލެޓް ހަވާލުކުރުން މަޑުޖައްސާލީ އެ ސަބަބާހުރެ ކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުއްޠަލިބު ވިދާޅުވީ، ނިމިދިޔަ ސަރުކާރު ނިމެން ކައިރިވެފައިވަނިކޮށް ފުލެޓް ލިބޭ މީހުން ކަނޑައަޅައި އެގްރީމަންޓްގައި ސޮއިކޮށް ނިންމާފައި އޮތްއިރު، ވަރަށް ބޮޑަށް ނާއިންސާފުން ކަންކޮށްފައިވާ ކަމަށެވެ. އަދި އެކަން މި ސަރުކާރަށް ފާހަގަވީ ފަހުން ކަމަށެވެ.
އެފަދައިން ކަންކޮށްފައިވާކަން ފާހަގަވީ ފުލެޓް ތަކުގައި ސޮއި ކުރުމަށް މިނިސްޓްރީން އެފްޑީސީއަށް ލިސްޓްތައް ފޮނުވަންފެށި ހިސާބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން، 75 މާކްސް ލިބި ފުލެޓް އެލޮކޭޓް ކޮށްފައި ތިބި މީހުން އެގްރީމަންޓްގައި ސޮއިކުރުން މަޑު ޖައްސާލަން އެންގެވި ކަމަށް ވަޒީރު ވިދާޅުވުއެވެ.
އެއީ ގެޒެޓްގައި ވަކިގޮތަކަށް ބަޔާންކޮށް އަންގައި، ލިބިދީފައިވާ ހައްގުތަކެއް ހިމާޔަތް ކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށާ، އެއީ މި ސަރުކާރުން ބޭނުން ވެގެން ސިޔާސީ ގޮތުން ކުރި ކަމެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.



