މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ 20 މާރިޗު 2026 ވާ ހުކުރު ދުވަސްކަމުގައި ކަނޑައަޅައިފި

1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ، 20 މާރިޗު 2026 ވާ ހުކުރު ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައަޅާފައިވަނީ 1447 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ސޮއިކުރެއްވި ހަނދާ ބެހޭ ބަޔާނުގައި ވިދާޅުވީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29، (މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 18)ވީ ބުދަ ދުވަހުގެ އިރުއޮއްސުމުގެ ފަހުން؛ ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނުކަން، ޝަރުޢީ ހަމަތަކުން ސާބިތުނުވާތީއާއި، ދިވެހިރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތީގައި ނުހުންނާނޭކަމަށް، އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާތީއާއި، އިސްލާމީ އެއްވެސް ޤައުމަކަށް ވެސް 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނުކަމުގެ މަޢުލޫމާތު ރަސްމީ ގޮތުން ލިބިފައިނުވާތީ، ރަމަޟާން މަހާއި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް، ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުގައިވާ ގޮތުގެ މަތީން މާދަމާ، މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 19ވާ ބުރާސްފަތި ދުވަހަކީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 20 ވާ ހުކުރު ދުވަހަކީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި ކަނޑައަޅުއްވާފައިވާކަމަށެވެ.

ޝައްވާލް މަހުގެ ހަނދު ބަޔާން އިއްވެވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.