ބަޙްރެއިންގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ބަޙްރެއިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުއްލަޠީފް ބިން ރާޝިދު އަލްޒަޔާނީ އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

މިނިސްޓަރުގެ މެސެޖު:

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި، ބަޙްރެއިން ސަރުކާރަށާއި ރައްޔިތުންނަށް، ޤައުމީ ދުވަހާ ގުޅިގެން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

ބަޙްރެއިން ގެ މި މުނާސަބާ ރަމްޒުކޮށްދެނީ ބަޙްރެއިންގެ ފަޚުރުވެރި ތާރީޚާއި، ޤައުމީ އެއްބައިވަންތަކަމާއި، ބަޙްރެއިންގެ ވިސްނުންތެރި ލީޑަޝިޕްގެ ދަށުން ހޯދާފައިވާ ކުރިއެރުންތަކެވެ. އަދި ސަރަޙައްދީ ތަރައްޤީއާއި އެއްބާރުލުމަށް ބަޙްރެއިންއިން ދެމުން އަންނަ އަހަންމިއްޔަތުކަން ފާހަގަކުރަމެވެ.

ބަޙްރެއިން އާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ ކުރިއަރަމުން އައިސްފައިވާ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުމަކީ ދިވެހިރާއްޖެއިން އެ ގުޅުމުގެ އަގު ނުހަނު ވަޒަންކުރާ ގުޅުމެކެވެ. އަދި މިގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ހަރުދަނާ ވެގެންދާނޭކަމަށް އަޅުގަޑު ޔަޤީން ކުރަމެވެ. މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ކާމިޔާބީއަށް އަދި ބަޙްރެއިންގެ ރައްޔިތުންނަށް ކުރިއެރުމާއި އުފާފާގަތިކަމަށް އެދެމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ.“

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.