މަންސަތަކުން ކުދިންނަށް ދިމާވާ ކަންކަމުން ރައްކާތެރި ކުރުމަކީ މުހިންމު ކަމެއް: ސްޓޭޓް

ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުން ކުޑަ ކުދިންނަށް ދިމާވާ ކަންކަމުން ރައްކާތެރި ކުރުމަކީ މުހިންމު ކަމެއް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ނައިބު ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެ އެވެ.

ސައިބަރ ހަމަލާތަކަށް ރައްކާތެރިވުމުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޓީމުތަކަށް ތަމްރީނު ދިނުމަށާއި، ކުޑަކުދިން ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތައް ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އަހުލުވެރިކުރުމަށް މީހުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ސްޓޭޓް ވިދާޅުވީ އޮންލައިންކޮށް ދިމާވާ ނުރައްކާތަކުންނާއި ގެއްލުންތަކުން ކުދިން ސަލާމަތް ކުރުމަށްޓަކައި، އިންޓަރނެޓު މެދުވެރިކޮށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމުގެ ބާރު އެކުދިންނަށް ދިނުމަށްޓަކައި ޤައުމީ ފެންވަރުގައި މަސައްކަތްތައް ކުރުން މުހިންމު ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކޮންމެ ދެބައިކުޅަ އެއް ސިކުންތަކުން ފުރަތަމަ ފަހަރަށް ކުއްޖަކު އިންޓަނެޓަށް ވަންނައިރު މީގެ ކުރިން ނުދެކޭހާ ބާރު ދުވެއްޔެއްގައި ކުދިން ޑިޖިޓަލް ދުނިޔެއަށް ވަންނަމުންދާކަން ސްޓޭޓްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ސައިބަރ މައްސަލަތަކަކީ، މިއަދު ދިވެހި ރާއްޖޭގައި ސައިބަރގެ ހާލަތު ހުރި ގޮތް ވަޒަންކޮށް، ކުރިއަށް ދިއުމަށް ލިބޭ މުހިންމު ފުރުޞަތެއް. އަދި ކުދިންނަށް އޮންލައިންކޮށް ދިމާވާ ނުރައްކާތަކާއި، ސައިބަރ ނުރައްކާތަކަކީ، މުޖުތަމަޢުގެ ހުރިހާ ފަށަލައަކަށްވެސް ނުރައްކާ ކުރާ އެންމެ ބޮޑެތި ސަލާމަތީ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ކަމެއް. ކޮންމެ 39 ސިކުންތަކުން ދުނިޔޭގައި އަލަށް ސައިބަރ ހަމަލާއެއް ދެ. (ދުވާލަކު 2,200 ހަމަލާ). ޓެކްނޮލޮޖީއަށް އަޅުގަނޑުމެން ބަރޯސާވެފައިވާ މިންވަރު ބޮޑުވުމުގެ ސަބަބުން، އިތުރަށް މޮޅު ސައިބަރ ހަމަލާތަކުން އަޅުގަނޑުމެން އެންމެންނަށްވެސް ނުރައްކާ އެބަކުރޭ. ސްޓޭޓް ޑރ. ކިނާނަތު

މިއަދު ފެށި މި ޕްރޮގްރާމަކީ ނޭޝަނަލް ސައިބަރ ސެކުރިޓީ އެޖެންސީއާއި، ނެޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެެކެވެ.

މި ތަމްރީން ޕްރޮގްރާމްގައި ޤައުމީ ސައިބަރ ރެޒިލިއެންސްއާއި، ކްރިޓިކަލް އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ބިނާކުރުމާއި، ޤައުމީ ކޮމްޕިއުޓަރ އިންސިޑެންޓް ރެސްޕޮންސް ޓީމްގެ ދައުރާއި، އޯޕަން-ސޯސް ޓޫލްސް ބޭނުން ކޮށްގެން ސީ.އައި.އާރު.ޓީ / އެސް.އޯ.ސީ ބިނާކުރުމާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސައިބަރ ތްރެޓް އިންޓެލިޖެންސް ޑިޒައިން ކުރުމާއި، ކުދިން އޮންލައިންކޮށް ރައްކާތެރި ކުރުމާއި ގުޅޭގޮތުންވެސް މިޕްރޮގްރާމްތަކުގެ ތެރޭގައި މައުލޫމާތާއި ތަމްރީނު ދިނުމަށް ހަމަޖެހިފައިވެއެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ސަރުކާރުގެ އެކި އިދާރާތަކުން ބައިވެރިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.