ރާއްޖޭގެ ހިރިގަލު މިސްކިތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް އަންނަ އަހަރު ހުށަހަޅަނީ…

ދިވެހި ޙަޟާރަތުގެ ހިރިގަލު ވަޑާމުގެ ފަންނުވެރިކަން ދައްކައިދޭ ހިރިގަލު މިސްކިތްތައް ޔުނެސްކޯއިން ކަނޑައަޅުއްވާފައިވާ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ޓަކައި އަންނަ އަހަރު ހުށަހެޅުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ތައްޔާރުވަމުން އެބަދެއެވެ.

އެ ވުޒާރާގެ ދާއިރާގައި ހިމެނޭ ދެ މުއްސަސާ ކަމުގައިވާ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު ގުޅިގެން ކުރިޔަށް ގެންދާ މި މަސައްކަތުގައި އެ ކަމަށް ބޭނުންވާ ނޮމިނޭޝަން ޑޮޒިއަރ ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އިސްތިރާޖީ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ މަސައްކަތަކީ 2011 ވަނަ އަހަރުން ފެށިގެން ކުރަމުންދާ މަސައްކަތެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހާތަނަށް އަދި މި މަސައްކަތް ކާމިޔާބު ކުރެވިފައެއްނުވެއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވާ ގޮތުގައި މި ލިސްޓުގައި ހިމެނުމަށް ފުރަތަމަ ހުށަހެޅީ ފަސް މިސްކިތެކެވެ. އެއީ މާލޭ ހުކުރު މިސްކިތް، ހއ. އިހަވަންދޫ އާސާރީ މިސްކިތް، ރ. މީދޫ ބާ ހުކުރު މިސްކިތް، އދ. ފެންފުށި އާސާރީ މިސްކިތް އަދި ލ. އިސްދޫ އާސާރީ މިސްކިތެވެ.

މި ފަހަރުގެ މަސައްކަތުގައި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވަނީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ނޮމިނޭޝަން ޑޮޒިއަރ އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށްފައެވެ. އަދި ބަފަރ ޒޯނު ކަނޑައެޅުމުގެ މަޝްވަރާ ބައްދަލުވުންތަކެއް ވެސް ކައުންސިލްތަކާ އެކު ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރަށް ބައެއް ރަށްރަށަށް ޒިޔާރަތްކޮށް ހޯދަން ޖެހޭ ބައެއް މަޢުލޫމާތާއި މަސައްކަތުގެ ފަންނީ ހެކިތައް ވަނީ އެއްކޮށްފައެވެ.

މިހާރު މި މަސައްކަތްކުރިޔަށް ގެންދެވެނީ ދިވެހިރާއްޖޭގެ އަސްލުވަންތަކަމާއި ދިވެހީންގެ ރަށްވެހިކަމުގެ ތާރީޚީ ޙަޤީޤަތްތަކުގެ މައްޗަށް ހިރިގަލުގެ ފަންނުވެރިކަން މާނަކުރެވިގެންނެވެ.

އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި ޑޮޒިއަރ ހުށަހެޅޭވަރަށް މަސައްކަތްކުރިޔަށް ދާ ކަމަށް މި މަސައްކަތްކުރާ ތަރިކައިގެ ދެ މުއައްސަސާއިން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.