
އދ. ވިލިނގިލިވަރު އިރު ދެކުނުން 6މޭލު ބޭރުގައި ވަދު ކަނދުފަތި ގާއިމްކޮށްފި
އދ. ވިލިނގިލިވަރު އިރު ދެކުނުން 6މޭލު ބޭރުގައި ވަދު ކަނދުފަތި ގާއިމްކޮށްފިއެވެ.
މި ވަދު ކަނދުފަތީގެ ނަމްބަރަކީ I09V02 އެވެ.
މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:
3°,33.200’N
73°01.500’E
މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
ކަނދުފަތި ޤާއިމްކުރުމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އަދި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ.
ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް މި މުޒާރާއިން ވަނީ ފަށާފައެވެ.



