
ދިވެހި ޤައުމީ ހޭންޑްބޯލް ޓީމް ޢުމްރާގެ މަތިވެރި އަޅުކަމުގައި
މީޤާތު ޢޫމްރާ ގްރޫޕުގެ އެހީތެރިކަމާއެކު ދިވެހި ޤައުމީ ހޭންޑްބޯލް ޓީމް ޢުމްރާގެ މަތިވެރި އަޅުކަމުގައި
ދިވެހި ގައުމީ ހޭންޑްބޯލް އަންހެން އަދި ފިރިހެން ޓީމު ޢުމްރާވުމުގެ ކަންކަމުގައި މީޤާތުގްރޫޕުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ސަޢުދީ ޢަރަބިއާގެ ރިޔާޟުގައި ބޭއްވި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައިބައިވެރިވުމަށްފަހު، މި 2 ޓީމު ޖިއްދާ އަށް އައީ 2025 ނޮވެމްބަރ 22 ވަނަ ދުވަހު އެވެ.
އެޓީމުތަކަށް މަރުޙަބާ ކިޔުމަށް މީޤާތު ގްރޫޕުގެ އިސްވެރިންނާ މި ދަތުރު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތައް ވަނީ ޖިއްދާ އެއަރޕޯޓަށް ގޮސްފައެވެ.
އަދި އެ ދެޓީމު މައްކާ އަށް ދަތުރުކުރުމަށް ޚާއްޞަކޮށްފައިވާ ބަހުގައި މައްކާ އަށް އައި ދަތުރުމަތީގައި ޢުމްރާގެ އަޅުކަން އަދާކުރުމުގައި ވިސްނަންޖެހޭނެ ކަންތައްތަކާއި ދީނީ މަޢުލޫމާތު ވަނީ ދީފަ އެވެ.
މި މައުލޫމާތު ދެއްވާފައިވަނީ މީޤާތު ޙައްޖު އެންޑް ޢުމްރާ ގްރޫޕުގެ އިސް-މުޝީރު ޝައިޚް ޢަބްދުﷲ ރަޝީދު އެވެ.
މީޤާތުގެ ފަރާތުން ނޮވެމްބަރ 23، 2025 ވަނަ ދުވަހު ހިރާ މިއުޒިއަމްއާއި ޢަރަފާތުބިމުގެ ސަރަހައްދު ފަދަ ތަންތަނާއި ތަރީކީ އެތައްތަނަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ އިތުރުން މަދީނާގެ ކަދުރު ބާޒާރު ފަދަ ތަންތަނަށް ވަނީ ޒިޔާރަތް ކޮށްފައެވެ.
އެގޮތުން ޤުބާ މިސްކިތަށް ޒިޔާރަތްކުރި އެވެ. އަދި ޢުހުދުގެ މައިދާނަށް ޒިޔާރަތްކޮށް، އެ ހަނގުރާމަ ހިނގާދިޔަ ގޮތާއި، އެކަމުން ލިބިގަންނަންވީ އިބްރަތްތަކަށް ދީނީ ނަޒަރަކުން ވަނީ އަލިއަޅުވާލައްވާ އެވެ.
ކުޅުންތެރިންނާއި އޮފިޝަލުންނާއެކު ގާތްގަޑަކަށް 46 މީހުންގެ މި ދަތުރާއި ގުޅިގެން ދިވެހި ޤައުމީ ހޭންޑްބޯލް ޓީމުގެ ފަރާތުން ބުނީ މިއީ ވަރަށް ފުރިހަމަ ދަތުރެއް ކަމަށާއި ދީނީގޮތުންނާއި މައްކާ އަދި މަދީނާ އާ ބެހޭގޮތުން ވެސް މިހާތަނަށް އެނގިފައިނުވާ އެތައް މައުލޫމާތުތަކެއް ލިބުނު ކަމަށެވެ.
”އަސްލު މިއީ ވަރަށް ފުރިހަމަ ދަތުރެއް. އަސްލު އެންމެ 2 ދުވަހުން ނޭނގޭނެ އެތައް މަޢުލޫމާތުތަކެއް ލިބިއްޖެ. ދީނީ ގޮތުން ވެސް. މައްކާ އަދި މަދީނާ އާ ގުޅޭ ގޮތުން ވެސް. މީޤާތު ގްރޫޕުން މިކަން އިންތިޒާމުކޮށްދީފައި ވަނީ ވަރަށް ރަނގަޅަށް. ވަރަށް ބިޒީކޮށް ޝެޑިއުލް އޮތީ. އެކަމަކު ވެސް އެއްވެސް ކަމަކަށް ދަތިވިޔަ ނުދީ ފުރިހަމަކޮށްދިނީ މީޤާތު ޙައްޖު އެންޑް ޢުމްރާ ގްރޫޕުގެ ފަރާތުން. އެކަމަށްޓަކައި ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އަދި ވަރަށްބޮޑަށް ޝުކުރިއްޔާ. ”ޤައުމީ ހޭންޑްބޯލް ޓީމުގެ ކުޅުންތެރިން ބުންޏެވެ.
މި ދަތުރާ ގުޅިގެން މީޤާތު ޙައްޖު ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރ އަޙަމަދު އާޒިމް ވިދާޅުވީ އަޅުގަނޑުމެން ބެލީ އެކުދިންގެ ޝެޑިއުލް އާ އެއްގޮތަށް ކަންކަން ކޮށްދެވޭތޯ ކަމަށެވެ. އަދި އެއްވެސް ވަރަކަށް ފުށުއެރުމެއް ނައިސް، އެކުދިން ބޭނުންވި ކަންކަން ﷲގެ ރަޙުމަތްފުޅުން އަޅުގަނޑުމެންނަށް ކޮށްދެވުނީމަ އުފާކުރާ ކަމަށެވެ.
ދިވެހި ޤައުމީ ހޭންޑްބޯލް އަންހެން އަދި ފިރިހެން ޓީމު މާލެ ދިއުމަށް މިހާރު ވަނީ ދަތުރުފަށާފަ އެވެ. އެ ޓީމު މާލެ ދާނީ މާދަމާ އެވެ.
މީޤާތު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވަނީ 6 ޖުލައި 2023 ގައެވެ.
މި ގްރޫޕުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އެކި މަސްތަކަށް ބަހާލައިގެން އުމްރާ އަށް މީހުން ގެންދަމުންނެވެ.
އިތުރު މައުލޫމާތު ހޯދުމަށް 7773856 އަޙްމަދު އާޒިމް (އެމްޑީ / މީޤާތު ޙައްޖުއެންޑް ޢުމްރާ ގްރޫޕް އަށް ގުޅުއްވުން އެދެމެވެ.



