ނަޑެއްލާގައި ވޯކް އެންޑް ޓޯކް ޙަރަކާތެއް ކުރިއަށް ގެންގޮސްފި

ގދ. ނަޑެއްލާގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

މިމަހުގެ 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ނަޑެއްލާގައި އަލަށް ފުލުހުން ގާއިމުވެގެން ތިބެ ހިދުމަތްދޭން ފެށުމާ ގުޅިގެން، ރަށުގެ ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށާއި ގާނޫނާއި ގަވާއިދަށް އަހުލުވެރި ބަޔަކު ދިރިއުޅޭ އަދި ކުށް މަދު އަމާން ރަށަކަށް ނަޑެއްލާ ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ހަރަކާތެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހަރަކާތުގެ ތެރެއިން، ގޭބިސީތަކަށް ޒިޔާރަތްކޮށް އަދި ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފައިވެ އެވެ.

އަދި ރަށުތެރޭގައި ހުރި މައްސަލަތަކާއި ނޭދެވޭ ކަންކަން ފުލުހުންނާއި ރައްޔިތުން ގުޅިގެން ހައްލުކުރުމަށް މަސައްކަތްކޮށް އަމާން މުޖުތަމައެއް ރަށުުގައި ގާއިމުކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ހިޔާލުހޯދައި މަޝްވަރާކޮށްފައިވެ އެވެ.

މީގެ އިތުރުން، ސްކޭމް ކޯލުތަކާއި އޮޅުވާލައިގެން ފައިސާ ހޯދާ ގޮތްތަކާއި އެފަދަ ކަންކަމުން ސަލާމަތްވެތިބުމަށް ކުރެވޭނެ ކަންކަން ކިިޔައިދީފައިވެއެވެ. އަދި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ. އަދި ފުލުހުންނަށް މައްސަލަ ރިޕޯޓުކުރާނެ ގޮތް ކިޔައިދީ ސްޓޭޝަންގެ ފޯން ނަންބަރު ރައްޔިތުންނާ ހިއްސާކޮށްފައިވެ އެވެ.

މި ހަރަކާތުގެ ތެރެއިން، ރަށުގައި ދުއްވާ އެއްގަމު އުޅަނދު ބަލައިފާސްކޮށް ރަނގަޅު ކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅު ކުރުމަށް ބައެއް ފަރާތްތަކަށް ނަސޭހަތްތެރިވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.