އަަފްޣާނިސްތާންއާއި ޕާކިސްތާން ބޯޑަރުގައި ޙަމަލާތައް ބަދަލުކުރެވެން ފަށައިފި

އަފްޣާނިސްތާންއާއި ޕަކިސްތާން ގުޅޭ ބޯޑަރުގައި ތާލިބާނުންނާއި ޕާކިސްތާންގެ ދިފާއީ ބާރުތަކާއި ދެމެދުގައި ހޫނު ހަމަލާތަކެއް ބަދަލުކުރެވެން ފަށައިފިއެވެ.

ހަމަލާ ބަދަލުކުރެވެން ފަށާފައި މިވަނީ ޕާކިސްތާނުން އިސްވެ އަފްޣާނިސްތާންގެ ވެރިރަށް ކާބުލްއަށް ވައިގެ ހަމަލާއެއް ދިނުމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޙަމަލާތައް ބަދަލުކޮށް މަސްރަޙު ހޫނުވާން ފެށުމުން، ދެފަރާތުންވެސް ހަމަޖެހި، ހަމަލާދިނުން ހުއްޓާލުމަށް އިރާން، ޤަތަރު އަދި ސައުދީ އަރަބިއްޔާއިން ވެސް ވަނީ ގޮވާލާފައެވެ.
އަފްޣާނިސްތާނު ދިފާއީ ވުޒާރާގެ ތަރުޖަމާނު އިނާޔަތުﷲ ޚަވާރުޒީމީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އަވައްޓެރި ޕާކިސްތާނުން ވެފައިވާ އެއްބަސްވުންތަކާއި ތަކުރާރުކޮށް ޚިލާފުވެ، އެގައުމުގެ ސަރަހައްދަށް ދީފައިވާ ވައިގެ ޙަމަލާތަކަށް ކާމިޔާބުކަމާއެކު ރައްދުގެ ޙަމަލާތައް ދީފައިވާ ކަމަށެވެ.

އަދި ރައްދުގައި ދިން ޙަމަލާތައް މެންދަމުގައި ނިންމާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް ޕާކިސްތާންގެ ދާޚިލީ ވަޒީރު މުޙްސިން ނަޤްވީ ބުނެފައިވަނީ، އަފްޣާނިސްތާނުން ޙަމަލާތައް ދީފައިވަނީ ރައްދުގައި ނޫން ކަމަށާއި، އެގައުމުން އެއްލާ ކޮންމެ ގަލަކަށް ޕާކިސްތާނުން ހިލައެއް އެއްލާނެ ކަމަށެވެ.

”އަފްޣާނިސްތާނުން ޕާކިސްތާންގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ސީދާ ޚިލާފު ކަމެއް. ޕާކިސްތާންގެ ހިތްވަރުގަދަ އަސްކަރިއްޔާއިން މި ޙަމަލާތަކަށް ވަނީ އަވަސް އަދި ހަރުދަނާ ރައްދެއް ދީފަ.“ އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި މުޙްސިން ނަޤްވީ ބުނެފައިވެއެވެ.

އަސްކަރިއްޔާއާއި ހަވާލާދީ ޕާކިސްތާން ރޭޑިއޯއިން ބުނެފައިވަނީ، އެގައުމުގެ 6 ސަރަހައްދަކަށް ތާލިބާނުން ޙަމަލާ ދީފައިވާ ކަމަށެވެ. އަދި ޕާކިސްތާން އަސްކަރިއްޔާއިން ހަމަލާތަކަށް ރައްދު ދީފައިވާ ކަމަށް ބުނެފައިވި ނަމަވެސް، ހަމަލާތައް ބަދަލުކުރުން ހުއްޓާލިކަމަށް ބުނެފައެއް ނުވެ އެވެ.

އަފްޣާންއިން ހަމަލާ ދީފައިވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެގައުމުގެ ވެރިރަށް ކާބުލްއަށް ވައިގެ ހަމަލާތަކެއް ދީފައިވަނިކޮށެވެ. އަދި މި ޙަމަލާތަކަކީ ޕާކިސްތާންއިން ދީފައިވާ ހަމަލާތަކެއް ކަމަށް އެގައުމުން ތުހުމަތު ކުރިނަމަވެސް، ޕާކިސްތާންއިން ޙަމަލާތަކުގެ ޒިންމާ ނަގާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.