ފުލުހުން ހެނބަދޫ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

ނ. އަތޮޅު ހެނބަދޫ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފި އެވެ.

އެޚިދުމަތުގެ މީޑިއާގެ ފަރާތުން ބުނެފައިވަނީ، ހެނބަދޫ ޕޮލިސް ޕޯސްޓުން އޮކްޓޫބަރު 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ހެނބަދޫ ސްކޫލާއި ކައުންސިލުގެ އެހީތެރިކަމާ އެކުގައި ކަމަށާއި، މި ސެޝަންތަކުގައި އެސްކޫލްގެ ގްރޭޑް 5 އިން 10 ގެ ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން ގްރޭޑް 5 އިން 10 ގެ 116 ދަރިވަރަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، މަގުމަތީގައި އަމަލުތައް ބަހައްޓަންވީގޮތާއި ގަވާއިދާއި ރިވެތި އުސޫލުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުންގެ މީޑީއާއިން ބުނެފައިވެއެވެ. އަދި އެކްސިޑެންޓުތަކުން ރައްކާތެރިވާނެގޮތާއި އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި، ދަރިން ތަރުބިއްޔަތުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އަދި އިސްލާމީ ރިވެތި އުސޫލުގެމަތިން ދަރިން ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެ އެވެ. މި ސެޝަންގައި 115 ބެލެނިވެރިން ބައިވެރިވެފައިވެ އެވެ.

މިފަދަ ސެޝަންތައް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ހަރުދަނާ، ޒިންމާދާރު ރަނގަޅު ޖީލެއް ބިނާކުރުމަށް ބާރުއެޅުވުމާއި، ކުށްމަދު އަމާންވެއްޓެއް ގާއިމުކުރުމާއި، މަގުމައްޗަކީ އެންމެންނަށް އަމާން ރައްކާތެރި މާހައުލަކަށް ހެދުން ކަމުގައި ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.