
އިސީގެ ވޯކިންގ އިންޓަވިއު ގެ ފުރަތަމަ ދުވަސް ވަރަށް ކާމިޔާބު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ބޭއްވި ވޯކް-އިން އިންޓަވިއު ވަރަށް ކާމިޔާބު ކަމާއެކު އިއްޔެގެ ދަންފަޅި ނިންމާލައިފި އެވެ.
ވޯކް-އިން އިންޓަވިއު އަށް 100 އަށް ވުރެގިނަ މީހުން ޒިޔާރަތްކުރި އިރު އެންމެ ގިނައިން އެދިފައިވަނީ އޮފިސަރުންނަށާއި ސީނިއަރ އޮފިސަރުންނަށެވެ. މީގެ ތެރޭގައި ގިނައީ ސްކޫލުނިންމާފައި އަދި ވަޒީފާއަށް ނުގޮސް ތިބި 18 އަހަރާއި 25 އަހަރާ ދެމެދު ޒުވާނުންކަން ފާހަގަ ކުރެވެ އެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރާ ގޮތުގައި އަދިވެސް އިތުރަށް ޓެކްނިކަލް މަޤާމުތަކަށާއި ގްރެފިކްސް ޑިޒައިނަރުންނާއި ޑްރައިވަރުން، ސަޕޯޓް ސްޓާފުން އަދި މެއިންޓަނަސް އޮފިސަރުން ވެސް ބޭނުންވެ އެވެ.
މި ވޯކް-އިން އިންޓަވިއު މިއަދު ކުރިއަށްދާނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލް ދީދީ ޕްރަިމަރީ ސްކޫލުގައި ހަވިރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
ވޯކް-އިން އިންޓަރވިއުއަށް ހާޟިރުވާއިރު އައިޑީ ކާޑު، ތަޢުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމަށް ޙާއްޞަ ސަމާލުކަމެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާޒުކުރެ އެވެ.