
ކަދުރު ކޭކް: ހުރިހާ ޢުމުރުފުރާއަކަށްވެސް ކަމުދޭ..
ކަދުރު ކޭކް
- ބޭނުންވާނޭ ތަކެތި:
250 ގްރާމް ހަކުރު، 250 ގްރާމް ފުށް، 250 ގްރާމް ކަދުރު (އޮށްނަގާ، ކުދިކޮށް ކޮށާފަ)، 2 މޭޒުމަތީ ސަމުސާ މާޖިރިން، 1 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރ، 80 ގްރާމް މޭބިސްކަދުރު، 80 ގްރާމް ކަނަމަދު (ކުދިކޮށް ކޮށާފަ)، ½ ޖޯޑު ދިޔާކިރުމ 3 ކުކުޅުބިސް އަދި 2 ސައިސަމުސާ ވެނީލާ އެސެންސް
ހަދާނެ ގޮތް:
ބޭކިންގ ޕައުޑަރ އާއި ފުށް އެއްކޮށް ފުރާނާފަ ބަހައްޓާށެވެ. ކޭކު ގިރާ ތަށީގައި ހަޖުރާއި މާޖިރިން ރަނގަޅަށް ކްރީމް ވަންދެން ގިރުމަށްފަހު، އެއަށް ބިސް އަޅައިގެން ގިރާލާށެވެ.
އެންމެފަހުން ވެނީލާ އެސެންސް، ކަދުރު، ކަނަމަދު އަދި މޭބިސްކަދުރު އެޅުމަށްފަހު ރަނގަޅަށް ގިރާ އެއްކޮށްލާށެވެ. ޓްރޭގައި ބަޓަރ ހާކާފައި އެއަށް މި މިކްސް އަޅާ، 200 ޑިގްރީ ސެލްސިއަސް އާއި 400 ޑިގްރީ ފެރަންހައިޓްގައި 30 ނުވަތަ 40 މިނެޓު ވަންދެން ފިހެލާށެވެ.