ޔުމްނާއާއި ދުންޔާ ޔާމީން ފެކްޝަނުގެ ސުލޫކީ ކޮމިޓީއަށް ހާޒިރުވާން އަންގައިފި

ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދެ ދަރިކަބަލުން ކަމުގައިވާ ޔުމްނާ މައުމޫންއާއި ދުންޔާ މައުމޫން ރައީސް ޔާމީން ފެކްޝަންގެ ސުލޫކީ ކޮމިޓީއަށް ހާޒިރުވާން އަންގައިފި އެވެ.

މައުމޫންގެ ދެ ދަރިކަނބަލުން ޔުމްނާ އަދި ދުންޔާއަށް ސުލޫކީ ކޮމިޓީން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެ ދެ ބޭފުޅުންނާއި ގުޅޭ މައްސަލައެއް ސުލޫކީ ކޮމިޓީއަށް ހުށަހެޅިފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލައަށް ޖަވާބުދާރީ ވާން މާދަމާގެ 2:00 ޖަހާއިރަށް އެ ކޮމިޓީއަށް ހާޒިރުވާން އެދޭ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ޖަވާބު ދާރީވާން ހާޒިރު ނުވެއްޖެ ނަމަ ޣައިރު ހާޒިރުގައިވެސް މައްސަލަބަލާ ނިންމާނެ ކަމަށް އެ ސިޓީގައި އަންގާފައިވެއެވެ.

ދުންޔާ އަދި ޔުމްނާ މައުމޫން ސުލޫކީ ކޮމިޓީއަށް ހާޟިރުވާން އެކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި އެ ބޭފުޅުން ހާޟިރު ކުރަނީ އެއީ ކޮން މައްސަލައެއްގައި ކަމެއް ބުނެފައެއް ނުވެއެވެ.

މި ދެބޭފުޅުންގެ އިތުރުން އައިމިނަތު އާތިފާއާއި މުހައްމަދު ނަދީމް ވެސް ސުލޫކީ ކޮމިޓީއަށް ހާޒިރުވާން މިއަދު ވަނީ އަންގައިފައެވެ. އައިމިނަތު އާތިފާއާއި މުހައްމަދު ނަދީމް އަކީ މައުމޫން ފެކްޝަނުގެ ކައުންސިލްގައި ހިމެނިވަޑަައިގަންނަވާ ދެބޭފުޅުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.