އެއޯސިސްގެ ޗެއަރގެ މަޤާމު އިތުރު 2 އަހަރަށް ރާއްޖެއަށް..

އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއަރގެ މަޤާމު އިތުރު ދެ އަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.

ނިއު ޔޯކްގައި ހުންނަ އދ.ގެ މިޝަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ކުރައްވާފައިވާ ޓްވީޓެއްގައިވަނީ ކުރިޔަށް އޮތް ދެ އަހަރުވެސް އެއޯސިސްގެ ޗެއަރކަމުގައި ރާއްޖެ ދެމިހުރުމަށް މެމްބަރު ޤައުމުތަކުން އެދިފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވީ ދެވަނަ ދައުރެއް ލިބިގެން ދިޔައީ ފާއިތުވި ދެ އަހަރު ޗެއަރގެ ގޮތުގައި އަދާކުރި ރޯލާ މެދު މެމްބަރު ޤައުމުތަކުން ވަރަށް ބޮޑަށް ހިތްހަމަޖެހުނުކަމުގެ ހެއްކެއް ކަމަށެވެ.

އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފްރާންސްގެ ޕެރިހުގައި ބޭއްވި ކޮޕް21ގެ ސަމިޓުގައި ރާއްޖެ އަދާކުރި ދައުރު މެމްބަރު ޤައުމުތަކުން ފާހަގަކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެއޯސިސްގެ ޗެއަރގެ މަޤާމަކީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް އޮންނަ މަޤާމެކެވެ. ރާއްޖެއަށް ލިބުނު އާ ދައުރާ އެކު، 2018 ވަނަ އަހަރު ނިމެންދެން އެ މަޤާމުގައި ރާއްޖެ ދެމިއޮންނާނެއެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ އިއްތިދާހުގެ ޗެއަރކަން ރާއްޖެ ކުރަމުން އަންނަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.