ޕީޕީއެމްގެ ހަރުމުދާ ރައީސް ޔާމީންގެ ބެލުމުގެ ދަށަށް.

ޕީޕީއެމްގެ މައި އޮފީސް ހުސްކުރުމުގެ މަސައްކަތް ރައީސްޔާމީންގެ ފެކްޝަނުން ފަށައިގެން ކުރިޔައް އެބަގެންދެއެވެ.

މުދާ ހުސްކުރުމައް ޓަކައި ޕީޕީއެމް އޮފީހަށް ވިއްސަކަށް ބިދޭސީންވެސް ވަދެފައިވާއިރު މިހާރު ދަނީ އޮފީސް ހުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިވަގުތު ދަނީ ޕީޕީއެމް އޮފީހުން ބައެއް ސާމާނު ނެރެ، ލޮރީއަށް އަރުވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން މިހާރު ވެސް ޕީޕީއެމްގެ އޮފީހުން މުދާ ހިފައިގެން 2 ލޮރީ ވަނީ ގޮސްފައެވެ.

މިކަމާ ގުޅިގެން މައުމޫން ފެކްޝަނުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް ވަނީ ދާދި ދެންމެއަކު އެކަމާ ގުޅިގެން ޓްވީޓެއްވެސް ކޮށްފައެވެ.

އެ ޓްވީޓްގައި ބުނެފައިވަނީ ޕީޕީއެމްގެ މައި އޮފީހަށް ގޮތް ނޭނގޭ ބަޔަކު ވަދެ އެތަނުން ބައެއް ސާމާނު ނެރެގެން ގެންގޮސްފައިވާކަމަށެވެ. އަދި މީގެއިތުރުން އެއީ ވައްކަން ކުރުން ނޫންތޯ ރައީސް މައުމޫން ވަނީ ސުވާލު އުފައްދަވައިފައެވެ.

maumoon

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.