
ރައީސް ނަޝީދުފަދައިން މައުމޫނުވެސް ގެންދަވަނީ ޤާނޫނު މުގުރަމުންކަމަށް ޑރ ޝައިނީ ވިދާޅުވެއްޖެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުފަދައިން ކުރީގެ ރައީސް މައުމޫނުވެސް އެގެން ދަވަނީ ޤާނޫނު މުގުރަމުން ކަމަށް ބުނެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރައީސް މައުމޫނަށް ފާޑުވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ޕީޕީއެމް މައުމޫން ފެކްޝަނުން ޕީޕީއެމްއަށް ފަސްއަހަރު ފުރުމުގެ މުނާސަބާފާހަގަކުރުމަށް އެޕާޓީގެ އޮފީހުގައި ބާއްވަން ނިންމިޖަލްސާ އަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން މިރޭ ޝީބިލްޑިންގް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ކުރި ޓްވީޓެއްގައެވެ.

ޑރ. ޝައިނީ ވަނީ ރައީސް މައުމޫން މިވަގުތު އެ ކުރައްވާ ކަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެއްފަދައިން ޤާނޫނު މުގުރުން ނޫންތޯ ސުވާލު އުފައްދަވާފައެވެ.
ޝައިނީ ވިދާޅުވީ މައުމޫނަކީ ރާއްޖޭގެ ޤާނޫނު އަސާސީ ނަގަހައްޓަން އަބަދުވެސް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ބުނާ ރާއްޖެޣޭ ކުރީގެ ރައީސުލް ޖުމްހޫރިއް ކަމަށާއި އެފަދަ ބޭފުޅަކު ރާއްޖޭގެ ކޯޓުތަކުން ނިމްމަވާ ނިންމެވުތަކަށް އެގެންދަވަނީ އިންކާރު ކުރައްވަމުންކަމަށް ޝައިނީ ވިދާޅުވެފައިވެއެވެ.



