
އެންދެރިކުރީގެ ފަސްވަނަ ފަންގިފިލާއިން މީހަކު ވެއްޓި ޒަހަމްވެއްޖެ
މ. އެންދެރިކުރި ގޭގެ ފަސްވަނަ ފަންގިފިލާއިން މީހަކު ވެއްޓި ވަރަށް ބޮޑަށް ޒަޚަމް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެންދެރިކުރި ގޭގެ ފަސްވަނަ ފަނަގިފިލާއިން ވެއްޓި ޒަޚަމް ވެފައިވަނީ އެ އިމާރާތުގައި ކުއްޔަށް އުޅޭ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އައިޖީއެމްއެޗް ހޮސްޕޮޓަލަށް ގެންގޮސް މިހާރު އެމީހާއަށް ފަރުވާދޭން ފަށާފައިވާއިރު، އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ އޮފިސަރުން ކަމަށް މައުލޫމާތު ލިބެއެވެ.
އެންދެރިކުރި ގެއަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެއާ އިންވެގެން ހުންނަ ގެ އެކެވެ.
އޭނާ ވެއްޓިފައި އޮތް ސަރަހައްދުގައި ފުލުހުން ދަނީ ހަރަަކާތްތެރި ވަމުންނެވެ.



