
ކޮވިޑް-19: މިއަދުވެސް ރާއްޖެއިން 253 މީހަކު ފައްސިވެއްޖެ
ރާއްޖެއިން އިތުރު 253 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ. މިއަދު ފައްސިވި މީހުންގެ އަދަދާއި އެކު ރާއްޖޭގެ ކޮވިޑް އަށް ފައްސިވި ޖުމްލަ މީހުންގެ އަދަދުވަނީ 27،846 އަށް އަރާފަ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ފައްސިވި މީހުންގެ ތެރެއިން 147 މީހުންނަކީ މާލޭ ސަރަހައްދުން ފައްސިވި މީހުންނެވެ. އަދި މީގެ ތެރެއިން 35 މީހުންނަކީ އަތޮޅުތަކުން ފައްސިވި މީހުންނެވެ. ރިސޯޓްތަކުން 31 މީހަކު ފައްސިވިއިރު، އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން 40 މީހަކު ވަނީ ފައްސިވެފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑު ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 3،485 އެވެ. އެހެން ކަމުން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 24،309 އަށް އަރާފައެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 123 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 62 ދިވެހިންނާއި 8 ބިދޭސީއަކު ވަނީ މަރުވެފައެވެ.



