ލޮލަށް ނުފެނުނަސް މިހާރު ފުޓްބޯޅަ ކުޅެވޭނެ

ބައިނަލް އަޤްވާމީ ކުޅިވަރެއްް ކަމުގައިވާ “ ބްލައިންޑް ފުޓްބޯލް“ ރައްޖޭގައި ވެސް ތަޢާރަފު ކޮށްފިއެވެ.

މިއީ މޯލްޑިވްސް ޕެރަލީމްޕިކް ކޮމިޓީން އިސްނަގައިގެން ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ވެސް މުޖްތަމަޢުގައި މުހިންމު ރޯލެއް އަދާކުރާ އަދި ޚާއްޞަކޮށް ކުޅިވަރުގެ މައިދާނުގައިވެސް އެއްވެސް ތަފާތު ކުރުމެއްނެތި ހަމަ ހަމަ އުޞޫލުން އެންމެން ބައިވެރި ކުރުމުގެ ޝިޢާރުގެ ދަށުން ފެނުމުން މަޙްރޫމުވެފައިވާ ފަރާތްތަކަށް ޚާއްޞަ ކޮށްގެން ތަޢާރަފު ކުރި ކުޅިވަރެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ
photo: FAM
photo: FAM

މި ކުޅިވަރު ރާއްޖެއަށް ތަޢާރަފުކޮށްފައިވަނީ އިއްޔެ (22 ނޮވެންބަރު 2019) ވީ ހުކުރު ދުވަހު ހަވީރު 16:00 ގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް އޭ އެމް) ގައި މިކަމަށް ޚާއްޞާކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް އާއި އެފް އޭ އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މަޢްރޫފް އަޙްމަދު (މާއްޓޭ) އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް އޯ އެމް) އާއި މޯލްޑިވްސް ޕެރަލީމްޕިކް ކޮމިޓީ (އެމް ޕީ ސީ)ގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

photo: FAM
photo: FAM

މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ރާއްޖެއަށް ހޯދައިދެމުންދާ ބޮޑެތި ކާމިޔާބީތަކާއި އެކުދިންގެ ހުނަރުގެ ވާހަކައެވެ. އަދި މިކުދިންގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކޮށްދެއްވާނެ ވާހަކައެވެ.

އިއްޔެގެ މި ރަސްމިއްޔާތުގައި ބްލައިންޑް ފުޓްބޯލް ކުޅުމަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ބޯޅަ އެފް އޭ އެމްގެ ރައީސް ބައްސާމާއާ ޙާވާލު ކޮށްދެއްވާފައިވަނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފްއެވެ.
މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާއި ބެހޭ ވަޒީރު މަޙްލޫފް ވިދާޅުވީ ސްޕެޝަލް އެތުލީޓުން ބައިނަލް އަޤްވާމީ މައިދާނުގައި ރާއްޖެއަށް ރީތި ނަން ހޯދައިދެމުން އަންނައިރު، އެކުދިންގެ މިކާމިޔާބީގެ ފަހަތުގައި ކުޅިވަރު އެސޯސިއޭޝަންތަކާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އިތުރުން އެކުދީންގެ ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށާއި ރާއްޖޭގައި މުޅިން އަލަށް ބްލައިންޑް ފުޓްބޯޅަ ތަޢާރަފުވެގެން ދިއުމަކީ މިއީ އަނެއްކާވެސް ސްޕެޝަލް އެތުލީޓުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. ”މި ކުޅިވަރު ކުޅުމުގެ ފުރުޞަތު ބޭނުންވާ އެއްވެސް ފަރާތެއް ނުވަތަ ކުއްޖެއް އެކަހެރި ނުކުރާނަން، ހުރިހާ ކުދިންނަށްވެސް މި ފުރުޞަތު މިވަނީ ހުޅުވާލާފަ“ މަޙްލޫފު-

އިތުރަށް މަޙްލޫފު ވިދާލުވީ މި ކުޅިވަރުންވެސް ރާއްޖެއަށް ރަނގަޅު ކާމިޔާބީއެއް ހޯދައިދޭނެކަމުގެ ޔަގީންކަން އޮތްވާހަކައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފް އޭ އެމްގެ ރައީސް ބައްސާމް ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއްކަމާއި ރާއްޖޭގައި ބްލައިންޑް ފުޓްބޯލް ތަޢާރަފުވެގެން ދިޔުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ކުޅިވަރު ރާއްޖޭގައި ކުރިއެރުމަށް އެފް އޭ އެމް އިން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށާއި އެގޮތުން މި ކުޅިވަރުގެ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ރެފްރީން ތަމްރީނުކުރުމުގައިވެސް އެފް އޭ އެމްގެ އެހީ ލިބިގެންދާނެ ކަމަށްވެސް ބައްސާމް ކަށަވަރު ކޮށްދިނެވެ.

އިއްޔެގެ މި ރަސްމިއްޔާތުގައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މަޢްރޫފް އަޙްމަދު (މާއްޓޭ) ވެސް ނުކުޅެދުންތެރިކަން ހުއްނަ ފަރާތްތަށް ރާއްޖެއަށް ހޯދައިދެމުންގެންދާ ބޮޑުކާމިޔާބީ ފާހަގަ ކުރައްވަމުން ވިދާޅުވީ މިއަދު ރާއްޖޭގެ ފުޓުބޯޅަ ޢާއިލާއަށް ލިބިގެން މިދިޔައީ ވަރަށް ބޮޑު އުފަލެއްކަމަށާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން މިކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭނެވާހަކައެވެ.

އަދި މި ކުޅިވަރު ކުރިއެރުވުމަށް އަމިއްލަ އަށް އިސްނަންގަވައިގެން ކޯޗުންގެ ގޮތުގައްޔާއި މި ކުޅިވަރުގެ އިސްބޭފުޅުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ މުޙައްމަދު ސިނާން އަދި ޙުސައިން ޙަބީބް އިސްނެންގެވުމަކީ ވަރަށް ގިނަ ބަޔަކަށް ލިބިގެން ދިޔަ ރީތި ނަމޫނާއެއްކަމަށެވެ. މިކަމަށްޓަކާއި އެދެބޭފުޅުންނަށް މަޢުރޫފުވަނީ ހިތްވަރާއެކު ކުރިއަށް ވަޑައިގަތުމަށް ހިތްވަރު ދެއްވާފައެވެ.

894459 10151406009052309 235010043 o13533097 10153597517612097 9063258624674585318 n

އިއްޔެގެ މިރަސްމިއްޔާތުގައި ރާއްޖޭއަށް އެކި ކުޅިވަރުތަކުން މެޑަލް ގެނެސްދީފައިވާބައެއް އެތުލީޓުން ބައިވެރިވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.