
ބާޤިރު ކުއްލިގޮތަކަށް ނިޔާވެއްޖެ
ސަރުކާރަށް ގިނަދުވަސްތަކެއް ވަންދެން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބ. ހިތާދު ގުލޭނޫރަންމާގޭ، އަބްދުލްބާޤިރު އަހްމަދު މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.
ސަރުކާރުގެ ހިދުމަތުން މިހާރު ރިޓަޔާ ކުރައްވާފައިވާ އަބްދުލް ބާޤިރު ނިޔާވީ މިއަދު ހެނދުނު ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.



