ސިޙްރުވެރިޔައަށް ވެވޭނީ އީމާންކަން ވިއްކާލުމަށްފަހު – ހުކުރު ޚުޠުބާ –

މިއަދުގެ ހުކުރު ޚުޠުބާ އެކުލަވާލައްވާފައިވަނީ ސިޙުރުގެ ނުބައިކަމުގެ މައްޗަށެވެ.

ޝައިޠާނާގެ ކިބައިން ސިޙުރު ދަސްކުރުމަށް އެދޭ މީހާއަށް އޭނާގެ ދީނާއި ޢަޤީދާ އެ ޝައިޠާނާ އަށް ޤުރުބާން ކުރުމަށް ފަހުގައި މެނުވީ އެ ޝައިޠާނާ އޭނާއަށް ސިޙުރު ދަސްކޮށްނުދެއެވެ. ބައެއް ފަހަރަށް އެ ޝައިޠާނާއަށް އަޅުކަން ކުރުމަށްވެސް ބުނެނާނެއެވެ. އަނެއްބައި ފަހަރަށް އެ ޝައިޠާނާގެ ނަންގަނެ އެއްޗެތި ކަތިލައި ކައި އުޅުމަށްވެސް އަމުރުކޮށްފާނެކަންވެސް މިއަދުގެ ހުކުރު ޚުޠުބާގައިބަޔާން ކޮށްފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޝައިޠާނާ މިކަންކަން ކުރުވަނީ ކީއްކުރަންތޯ ސުވާލު އުފެދިދާނެތީ މިކަމުގެ ޖަވާބުވެސް ޚުޠުބާގައިވަނީ ބަޔާންކޮށްފައެވެ. ޝަޠާނާއަކީ އެ ސޮރުގެ ޠަބީޢަތުގައިވެސް އަނެކުންނަށް ގެއްލުން ދިމުނާއި އަނެކުންނަށް އުދަގޫ ކުރާ އެއްޗެއްކަމާއި އިންސާނުންގެ އެ ޢަމަލުތަކުގެ ސަބަބުން އެ ޝައިޠާނާއަށް މައުނަވީ ފައިދާތަކެއްލިބޭކަމާއި ސިޙުރުވެރިޔާ ޝައިޠާނާއަށް މާތްކޮށް ހިތުމާއި އިންސާނާ އެ ޝައިޠާނާއަށް ބޭނުންވެފައިވާކަމުގެ އިޙްސާސް ވުމަކީ ޝައިޠާނާ ނުހަނު ފަޚުރުވެރިވާ ކަމެއްކަންވެސް ބަޔާކޮށްފައިވެއެވެ.

ސިޙުރުގެ ނުބައިކަން ބަޔާން ކުރަމުން ޚުޠުބާގައި ﷲ سبحانه وتعالى ގެ وحي ބަސްފުޅުގެތެއިން ސިޙުރުގެ ނުބައިކަމުގެ ވާހަކަ އައިސްފައިވާ ބައެއް آية ތަކާއި رسول الله صلى الله عليه وسلم ގެ ބައެއް حديث ހިމަނާފައި ވެއެވެ.

މިގޮތުން ސިޙުރުގެ ވާހަކަ ބަޔާން ކުރައްވާފައިވާ ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތް ގެނެސްފައިވެއެވެ.

وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ  وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ  وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ  فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ  وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ  وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ  لَوْ كَانُوا يَعْلَمُونَ ﴿١٠٢﴾ ސޫރަތުލް ބަޤަރާ

މާނައީ: ”އަދި سليمان ގެފާނުގެ ވެރިކަމުގެ ޒަމާނުގައި شيطان ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تبع ވޫއެވެ. سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ. އަދި بابل ގައިވާ هاروت އާއި، ماروت އާއި ދެ ملائكة ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން تبع ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ ملائكة ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخرة ގައި އެއްވެސް نصيب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ نفس ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ.“

މީގެ އިތުރުން އަބޫ ހުރައިރަތު رضي الله عنه ގެ ކިބައިން ރިވާވެގެން އައިސްފައިވާ ބުޚާރީ އާއި މުސްލިމުގައިވާ މަޝްހޫރު ޙަދީޘެއް ކަމަށްވާ އަންނަނިވި ޙަދީޘް ހިމެނެއެވެ.

عن أبي هريرة – رضي الله عنه – أن رسول الله – صلى الله عليه وسلم – قال: ((اجتنبوا السبع الموبقات))، قالوا: يا رسول الله، وما هن؟ قال: ((الشرك بالله، والسحر، وقتل النفس التي حرم الله إلا بالحق، وأكل الربا، وأكل مال اليتيم، والتولي يوم الزحف، وقذف المحصنات المؤمنات الغافلات))؛ متفق عليه.

މާނައީ: ”ތިޔަބައިމީހުން ހަލާކުކުރަނިވި ބޮޑު ހަތް ކަމަކުން ދުރުހެލިވާށެވެ. އެބެކަލުން (ޞާޙާބީން) ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެއޢި ކޮން ކަންތައްތަކެއް ތޯއެވެ. ޙަދީޘް ކުރެއްވިއެވެ. އެއީ ﷲ އަށް ޝަރީކު ކުރުމާއި، ސިޙުރު ހެދުމާއި، ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލައި މެރުމާއި، ރިބާ ކެއުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ޖިހާދުގެ މައިދާނުގައި ހަނގުރާމައިގެ ވަޤުތުގައި ފުރަގަސްދީ ފިލުމާއި، ޢިތްފަތްތެރި ޞާލިޙު އަބުރުވެރި މުއުމިނު އަންހެނުންނަށް ޣަޛްފު ކުރުމެވެ.“

އަދިވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ޝައިޠާނާގެ ކިބައިން ކަންކަމަށް އެދުމަކީ އެމީހާގެ ދީނަށާއި ދުނިޔެއަށް ގެއްލުން ހުރި ކަމެއްކަމެވެ. އަދި ޢައްރާފެއް ގާތަށް ގޮސް އަތް ބެލުމުގެ ނުބައިކަން ބަޔާން ކޮށް އެފަދަ މީހެއްގެ ނަމާދު ސާޅީސް ދުވަސް ވަންދެން ޤަބޫލު ނުކުރައްވާނެ ވާހަކައެވެ. މިކަމަށް ޢިޝާރާތް ކުރައްވާ ބައެއް ޙަދީޘް ވެސް ވަނީ ގެނެސްފައެވެ.

އަޅުގަނޑުމެންގެ ދުޢާ އަކީ ސިޙުރުވެރިކަމާއި އެކަމުގެ ނުބައި ކަމުން އަޅަމެންގެ މުޖުތަމަޢު ސަލާމަތް ކުރައްވަ އެކަން ކުރަންމުން އަންނަ ބަޔަކަށް ހިދާޔަތް ދެއްވުމެވެ. އާމީން

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.