އަމާޒަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ތެރަޕީތައް އެ ސްކޫލްތަކުގައި ދެވޭނެގޮތް ހެދުން: މިނިސްޓަރ

އަމާޒަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ތެރަޕީތައް އެ ސްކޫލްތަކުގައި ދެވޭނެގޮތް ހެދުންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީގެ މަސައްކަތްތައް ހާމަކުރުމަށް ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ތެރަޕިސްޓުންގެ އެހީ ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
އެފަދަ ކުދިންނަށް ދޭން ޖެހޭ ތެރެޕީތައް ދިނުމަށް މޮބައިލް ތެރެޕިސްޓް ޓީމެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
’އެގޮތުން ފުރަތަމަ ގެންނާނީ ތިން ވައްތަރެއްގެ ތެރަޕިސްޓުން. އެއީ ސްޕީޗް ތެރަޕިސްޓުންނާ އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާ ބިހޭވިއަރ ތެރެޕިސްޓުން. ތިން މީހަކު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ“ މިނިސްޓަރ ވިދާޅުވިއެވެ.
އިތުރު ތެރަޕިސްޓުން ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއާއި ޖެންޑަރ މިނިސްޓްރީއާ ގުޅިގެން މިހާރު ކުރިއަށް ދާ ކަމަށާއި ޓީމުތައް ފޮނުވައިގެން މަސައްކަތްކުރާނީ އެ އިރެއްގައި ރާއްޖޭގެ ކަންކޮޅުތަކުން އެންމެ ބޭނުން އޮތް ދިމާލަކަށް ކަމަށްވެސްޑރ. ޢައިޝަތު ޢަލީ ވިދާޅުވިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 24 އިންކްލޫސިވް އެޑިއުކޭޝަން ކޯޗުން، އެ މިނިސްޓްރީން ދާދި ފަހުން ތަމްރީންކޮށްފައިވާ އިރު، އެ ކޯޗުން މިހާރުވެސް ދަނީ އެ އިރެއްގައި ރާއްޖޭގައި އެންމެ ބޭނުންތެރި ހިސާބުތަކަށް ގޮސް ޓީޗަރުންނާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ޕްރޮގްރާމްތައް ހިންގަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.