
މާލެ އަތޮޅު އޮޅަހަލި ކައިރިން މުދާއުފުލާ ދޯންޏެއް އަޑިޔަށް ހިނގައްޖެ.
މާލެ އަތޮޅު އޮޅަހަލި ކައިރިން މުދާއުފުލާ ދޯންޏެއް އަޑިޔަށް ހިނގައްޖެއެވެ.
އެމްއެންޑީއެފް އިން މިކަން ކަށަވަރުކޮށްދީފައި ވާއިރު އެމްއެންޑީއެފް އިން ވިދާޅުވީ މާލެ އަތޮޅު އޮޅަހަލި ކައިރިން އަޑިޔަށް ގޮސްފައިވަނީ މުދާ އުފުލާ ދޯންޏެއް ކަމަށެވެ.
އެންމެންޑީއެފްއިން ވިދާޅުވީ ކޯސްޓްގާޑުން މިހާރު ދަނީ އެ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
”ވީރު“ ނަމަކަށްކިޔާ މިދޯނި މިރޭ ގާތްގަނޑަކަށް 18:37 ހާއިރުއެވެ. އެވަގުތު އެމްއެންޑީއެފްއަށް މި ޚަބަރު ލިބުމާއިއެކު ޑައިވަރުންގެ ޓީމަކާއެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޯންޗެއްވަނީ ހަރަކާތްރެިވާން ފަށާފައެވެ.
މިހާދިސާގައި ދޯނި އަޑިއަށް ދިއުމާ ގުޅިގެން ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން ދެ ބިދޭސީންވަނީ އޮޅަހަލި ޕިކްނިކް އައިލެންޑްގެ ސަޕްލައި ދޯންޏަށް ނަގާފައި ކަމަށާއި ދެންތިބި ދެ ދިވެހީން އަދި ތިބީ ފެތިފައި އޮތް ދޯނި މަތީގައި ކަމަށް އެމްއެންޑީއިން ބުނެއެވެ.
މި ދޯންޏަކީ އޮޅަހަލި ޕިކްނިކް އައިލެންޑަށް ގެނައި ހިލަވެލި ބޭލުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ދޯންޏެއްކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.



