
ޕީޕީއެމްގެ އެސްޖީއަކަށް ޑރ. ހަލީލް ހަމަޖައްސަވައިފި.
ސިވިލް ކޯޓުން މިއަދު ނެރެފައިވާ ހުކުމާއި އެއްގޮތަށް ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ރިޔާސަތުގައި އިންނަވައިގެން މިރޭ ކުރިޔަށް ގެންދާ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީއަށް ސެކެޓަރީ ޖެނަރަލަކަށް ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ހަލީލް ހަމަޖައްސަވައިފިއެވެ.
ދަރުބާރުގޭގައި މިވަގުތު ކުރިޔަށްދާ ޕީޕީއެމްގެ ކައުންސިލް މި ބައްދަލުވުމުގައި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ހަމަޖައްސަވައިފަވަނީ ބައްދަލުވުމަށްވަޑައިގަތް 19 މެންބަރުންގެ އިއްތިފާގުންނެވެ.
ޑރ. އަބްދުﷲ ހަލީލްގެ އިތުރުން ޑެޕިއުޓީ ސެކްރެޓްރީ ޖެނެރަލްގެ މަގާމަށް އިގުބާލް އާދަމް ވަނީ ހޮވައިފި އެވެ.
ޕީޕީއެމް ތެރެއިން ރައީސް ޔާމީންއަށް ތާއީދު ކުރާ މެންބަރުންގެ ފަޅިން އެސްޖީއެއް އައްޔަން ކުރިއިރު މައުމޫން ވެސް ވަނީ މިއަދު 11 މެންބަރަކާއެކު ކައުންސިލް ބައްދަލުވުމެއް ބާއްވާ އެސްޖީއެއް އައްޔަން ކުރައްވާފަ އެވެ.



