މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަންގެ ފުރަތަމަ ދުވަހުގެ ދުވުންތައް ނިންމާލައިފި

މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަންގެ ފުރަތަމަ ދުވަހުގެ ދުވުންތައް ނިންމާލައިފިއެވެ.

އެގޮތުން މިއަދު އޮތީ 42 ކިލޯމީޓަރާއި 21 ކިލޯ މީޓަރާއި 10 ކިލޯ މީޓަރު އަދި 5 ކިލޯ މީޓަރުގެ ފަން ރަން އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޓްރެވަލް މެރެތަންސް އޮފް މޯލްޑިވްސް ސީރީސްގެ ފުރަތަމަ އިވެންޓުގައި ހިމެނޭ ފުލް މެރަތަން (42 ކިލޯ މީޓަރ) ގެ ދުވުން ފަށާފައިވަނީ ދަންވަރު 02:00 ގައެވެ. ހާފް މެރަތަން (21 ކިލޯ މީޓަރ) ފަތިހު 05:30 ގައި ފެށި އިރު، 10 ކިލޯ މީޓަރުގެ ދުވުން ފަށާފައިވަނީ 06:30ގައެވެ. އަދި މިަދު ހަވީރު އޮތީ 5 ކިލޯ މީޓަރުގެ ފަން ރަން އެވެ. މި ދުވުން ފެށީ ހަވީރު 16:30 ގައެވެ.

މި ހަރަކާތުގައި ހިމެނޭ ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން ބާއްވާ އެލްޑަރލީ ހިނގާލުމާއި ކިޑްސް ސްމައިލް ދުވުން އޮންނާނީ މާދަމާ (9 މާރޗު) ހަވީރުއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންޑޯސްކޮށްފައިވާ މި ދުވުމަކީ އައި-ރަނަރސް އާއި އޮބްޖެކްޓް އަދި ޔުނިކްސް ސްޕޯޓިންގ ގުޅިގެން ބާއްވާ އިވެންޓެކެވެ.

މި ރޭސް ނިންމާ ބައިވެރިންނަށްދީފައިވަނީ ރާއްޖޭގެ ޤުދުރަތީ ވެށި ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ މެޑެލްއެވެ. ލޮނުފެން ސްޓޫޑިއޯގެ ޢަބްދުﷲ ތައުފީގް (ތައު) ގެ ކުރެހުމެއްގެ ނަކަލުކޮށް ފަރުމާކޮށްފައިވާ މެޑެލް ހުންގާނެއްގެ ބައްޓަމަށް ހަދާފައިވާ އިރު، ހުންގާނުގެ ވަށައިގެން ފެންނަން ހުންނާނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކާއި މުރަކަތެކެވެ.

ރޭސް ޓީޝާޓު ރާއްޖެއަށް ޚާއްޞަ ހިރިގަލުގެ ވަޑާމަށް ފަރުމާކޮށްފައިވާ އިރު، ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކާއި މުރަކަތަކުގެ މަންޒަރު ހުންގާނުގެ މެދުން ފެނިގެންދެއެވެ. އަދި މެރެތަންގައި ލޯގޯ ނޫއުޑު ދައްކުވައިދޭ ގޮތަކަށް ހަދާފައިވާ އިރު، އޭގެ މަތިން ފެންނަނީ އިރުގެ ރަން ދޯދިތައް އެޅިފައިވާ އުދަރެހަކާއި ދޫނިސޫފާސޫފި އުދުހެމުންދާ މަންޒަރެކެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަންގައި އިންޑިއާގެ މަޝްހޫރު މޮޑެލް، ފިލްމީ ތަރި އަދި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ މިލިން ސޯމަން ވަނީ ރޭސް އެމްބެސެޑަރއެއްގެ ގޮތުގައި ދުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.