
ރައީސް ޔާމީން އަޅުގަނޑާ ބައްދަލުނުކުރައްވާތާ އެއްއަހަރު: މައުމޫން
ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްރާ އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލް ޤައްޔޫމާ ބައްދަލުނުކުރައްވާތާ އަހަރަކަށްވުރެ ގިނަދުވަސް ވެއްޖެކަމަށް މައުމޫން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދާދި ދެންމެ އަކު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫންވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާޤ އަދި އެމަނިކުފާނުގެ އެއްބަފާ ކޮށްކޯފުޅު އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް އެމަނިކުފާނާ ބައްދަލުނުކުރައްވާ ތާޤ އަހަރަކަށްވުރެ ގިނަދުވަސް ފާއިތުވެ ހިނގައްޖެ ކަމަށާއި އަދި ދެން ކުރިޔައް އޮތްތަނުގައިވެސް އެމަނިކުފާނާ ބައްދަލުވުމައް އެއްވެސް އުންމީދެއް ނުކުރައްވަވާކަމަށެވެ.
”ރައީސް ޔާމީން އަޅުގަނޑާއި ބައްދަލެއް ނުކުރައްވާ. ބައްދަލު ނުކުރައްވާތާ އެއްއަހަރުވީ. އެތައް ފަހަރަކު އެދުނިން ބައްދަލު ވުމަކަށް. ދެމީހުން ބައްދަލުވި ނަމަ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަންތައްތަކެއް ހުރީސް ކަން ނޭންގެ. މިރޭގެ ބައްދަލުވުމަށް އަދި ދައުވަތު ލިބިފައެއް ނެތް.“ މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނ ޔާމީނާ ބައްދަލުކުރެއްވުމަށް އެތަކެއް ފަހަރު އެދިވަޑައިގެންފައިވާނެ ކަމަށާއި އެހެން ނަމަވެސް އެ ފުރުސަތު ނުއްދެއްވާކަމަށެވެ.
މަައުމޫން ވިދާޅުވީ ގޯސްކޮށް ގޮސްފައިވާ ކަންކަން ހައްލުކުރުމަށް މަސްވަރާގެ އުސޫލުން އެކަން ކުރެވޭނެ ކަމަށާއި އެހެން ނަމަވެސް ބައްދަލު ނުކުރުމުގެ ސަބަބުން އެކަން ކަމައްވެސް ހައްލެއް ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާކަމަށެވެ.



