
ސިވިލް ކޯޓުގެ ހުކުމް ބަލައެއް ނުގަނެވޭނެ: މައުމޫން
ޕީޕީއެމް އެޕާޓީގެ މުސްތަޝާރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމާއި ހަވާލުކުރުމަށް ސިވިލްކޯޓުން ކުރި ހުކުމަށް ތަބާވެވެން ނެއްވާހަކަ ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބުދުލް ޤައްޔޫން ވިދާޅުވެއްޖެއެވެ.
މައުމޫން އަބުދުލް ޤައްޔޫން މިހިހެން ވިދާޅުވީ ދާދި ދެންމެއަކު ޕީޕީއެމް ގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މައުމޫން ވިދާޅުވީ ޕާޓީގެ މުސްތަޝާރަކީ ޕާޓީގެ އެއްވެސް ކަމަކަށް އަތްފޯރުވޭނެ މީހެއް ނޫންކަމަށާއި ޕާޓީގެ ސިޔާސަތު ބަދަލު ކުރުމަކީ ޕާޓީގެ މުސްތަޝާރަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
އަދި ޕާޓީގެ ކައުންސިލް މެމްބަރުކަމުން ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲ ވަކިކުރި ހިސާބުން އޭނާގެ ނައިބުރައީސްކަންވެސް ވަނީ ގެއްލިފަކަމަށާއި އެހެން ކަމުން އަބުދުއްރަހީމް އަކީ މިހާރު ޕާޓީގެ ނައިބުރައީސް ނޫންކަމަށް މައުމޫން ތަކުރާރުކޮށް ވިދާޅުވިއެވެ.
އެހެން ނަމަވެސް އަބުދުއްރަހީމް ވިދާޅުވެފައިވަނީ އޭނާ އަކީ އަދިވެސް ޕީޕީއެމްގެ ނައިބުރައީސްކުގައެވެ.



