ޕާކިސްތާން ރައީސްގެ ވަރުގަދަ މެސެގެއް

ރައީސް ޒަރުދާރީގެ މެސެޖު ފެއްޓެވީ، ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހަކީ ޤައުމީ ތާރީޚުގައި ޚާއްޞަ ލާމަސީލު ދުވަހެއްކަން ފާހަގަކުރައްވަމުންނެވެ.

އެއީ މިނިވަންކަމާއި، ސިޔާދަތާއި، ޤައުމީ ސަލާމަތް ރައްކާތެރިކުރުމަށްޓަކައި ވެވަޑައިގެންފައިވާ މަތިވެރި ޤުރްބާނީތައް ހަނދާންކޮށްދޭ ދުވަހެއްގެ ގޮތުގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ދިފާޢީ އަދި ޝަހީދުންގެ ދުވަހަކީ، 1965 ވަނަ އަހަރު އަޅުގަނޑުމެންގެ ލޯބިވާ ވަޠަން ދިފާޢުކުރުމުގައި، ދުޝްމަނުންގެ ނުބައި ރޭވުންތައް ހުރިހާ މައިދާނެއްގައި ނާކާމިޔާބުކޮށްލައި، ނަމޫނާ ސާބިތުކަމާއި ހިތްވަރު ދެއްކެވި ޤައުމުގެ ކެރޭ ދަރިންގެ އަގުނުކުރެވޭ ފަދަ ޤުރްބާނީތަކުގެ ޒިކުރާ އާކުރުމަށް ލިބޭ ފުރުޞަތެއް“ – ރައީސް ޒަރުދާރީ

މީގެ އިތުރުން މުޅި ޤައުމުގެ ނަމުގައި، ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުގެ ޝަހީދުންނަށާއި، ޚިދުމަތްތެރިންނަށް އަދި އެބޭފުޅުންގެ ޢާއިލާތަކަށް ޒަރުދާރީ ސަލާމް ފޮނުވި އެވެ.

އެބޭފުޅުންގެ ލެޔާއި ޤުރުބާނީން، އަޅުގަނޑުމެންގެ ޤައުމީ ތާރީޚުގައި ވަނީ ހިތްވަރާއި ވަޠަނީ ލޯބީގެ ތާރީޚީ ޞަފުޙާތަކެއް ލިޔެވިފައެވެ. އެ ޤުރުބާނީތަކަކީ އަންނަން އޮތް ޖީލުތަކަށް އަބަދުމެ މަގުދައްކައިދޭނެ އަލިގަދަ ނޫރެކެވެ،“ ރައީސް ޒަރުދާރީ.

PK presdent

ރައީސް އިތުރަށް ވިދާޅުވީ، 1965 ސެޕްޓެމްބަރު 6 ގައި ސަލާމަތީ ބާރުތަކާއި ޕާކިސްތާނުގެ ރައްޔިތުން ދެއްކެވި އެއްބައިވަންތަކަމާއި އީމާންތެރިކަމަކީ ޤައުމުގެ އެކުވެރި ބާރުގެ ހެއްކެއް ކަމަށެވެ. އަދި މިނިވަންކަމާއި، ސިޔާދަތާއި، ވަޠަން ދިފާޢުކުރުމަށް ޤައުމެއް އެކަތިގަނޑަކަށް ވެއްޖެ ނަމަ، އެއްވެސް ބާރަކަށް އެ ޤައުމުގެ އަޒުމް ގުޑުވާނުލެވޭނެކަން މި ދުވަހުން ހަނދާންކޮށްދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”މަރްކާ-އި-ޙައްޤު“ ގެ ހަނދާންތައް އާކުރައްވަމުން ރައީސް ވިދާޅުވީ، ސެޕްޓެމްބަރު 6 ގެ ރޫޙު ”އޮޕަރޭޝަން ބުންޔާނުމް މަރްސޫސް“ އިން އަނެއްކާވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ. މަރްކާ-އި-ޙައްޤުގެ ކާމިޔާބީއަކީ ސެޕްޓެމްބަރު 6 ގައި ދެއްކެވި ވަޠަނީ ލޯބީގެ ކުރިއެރުމެއް ކަމަށާއި، އެއީ ޤައުމީ ތާރީޚަށް އިތުރުވި ފަޚުރުވެރި ބާބެއް ކަމަށް ވިދާޅުވި އެވެ.

މި ކާމިޔާބީއަކީ ސަލާމަތީ ބާރުތަކުގެ ފަންނީ ހުނަރާއި، ހިތްވަރުގެ ހެއްކެއް ކަމަށާއި، މިއީ ސަލާމަތީ ބާރުތަކާއި ޕާކިސްތާނުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

ސަރަޙައްދީ ސަލާމަތުގައި ޕާކިސްތާނުގެ ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕާކިސްތާނަކީ ސުލްޙައަށް ލޯބިކުރާ، ޒިންމާދާރު ދައުލަތެއްގެ ގޮތުގައި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ސުލްޙަޔާއި، މަޝްވަރާ އަދި އިޙްތިރާމް ޤާއިމްކުރުމަށް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.

ޕާކިސްތާނަކީ ސަރަޙައްދީ ސަލާމަތް ކަށަވަރުކޮށްދޭ މުހިންމު ބައިވެރިއެއްގެ ގޮތުގައި ފާހަގަވަމުންދާ ކަމަށާއި، ”މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް“ އަކީ ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް ޕާކިސްތާނުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ޕާކިސްތާނުގެ ސިޔާދަތާއި، އިސްތިޤްލާލާއި، ޤައުމީ ސަލާމަތަށް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް ދޫނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދެކުނު އޭޝިއާގައި ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމްކުރެވޭނީ، އދ. ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތަށް އަދި ކަޝްމީރުގެ ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް ކަޝްމީރުގެ މައްސަލަ ޙައްލުކޮށްގެންކަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަންނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، އެކި ފަރާތްތައް މެދުވެރިކޮށް ޕާކިސްތާނުގައި ޓެރަރިޒަމް ފެތުރުން ހުއްޓާލުމަށް އިންޑިއާއަށް ރައީސް ގޮވާލެއްވި އެވެ.

އދ. ގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި ”ފިތުނަ-އަލް-ޚަވާރިޖް“ އަދި ”ފިތުނަ-އަލް-ހިންދުސްތާން“ އަށް ބޭރުގެ އެހީތެރިކަން ލިބޭ ކަމަށާއި، އިންޑިއާއާއި ތާލިބާން ސަރުކާރާ ދެމެދު އޮތް ގުޅުމަކީ މިހާރު ސިއްރެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަކީ ކޮންމެ ފަދަ ހަނގުރާމައަކަށްވެސް ފާރަވެރިވެ، ތައްޔާރުވެގެން ތިބި، ޤައުމު ދިފާޢުކުރުމުގައި ސާބިތުކަމާއެކު ދެމިތިބި ބައެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި މުޅި ޤައުމު އޮތީ ސަލާމަތީ ބާރުތަކާއެކު ސާބިތުކަމާއެކު ކަމަށް ވިދާޅުވި އެވެ.

ވަރުގަދަ ދިފާޢެއްގެ އިތުރުން، އިޤްތިޞާދީ ހަމަޖެހުމާއި، ސިޔާސީ ކެތްތެރިކަމާއި، ޤައުމީ އެއްބައިވަންތަކަމާއި، ތަޢުލީމާއި ތަރައްޤީއަކީ ޕާކިސްތާނުގެ ބާރުގެ އަސާސްތައް ކަމުގައި ރައީސް ވިދާޅުވިއެވެ. ”ޒުވާނުންނަށާއި އަންނަން އޮތް ޖީލުތަކަށް އުޖާލާ، އަމާން އަދި ތަރައްޤީވެފައިވާ ޕާކިސްތާނެއް ބިނާކުރުމުގައި އަޅުގަނޑުމެން އެންމެން ބައިވެރިވާންޖެހޭ،“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލެއްވީ، ޝަހީދުންގެ މަތިވެރި ޤުރުބާނީތަކުގެ ޒިކުރާ އާކުރާ މި ދަނޑިވަޅުގައި، ޕާކިސްތާނުގެ މިނިވަންކަމާއި ސިޔާދަތު ކޮންމެ ފަދަ އަގަކަށް ނަމަވެސް ދިފާޢުކުރުމުގެ އަޒުމް އާކުރައްވަމުންނެވެ. އަދި ބާނީ-އޭ-ޕާކިސްތާން ޤާއިދު-އޭ-އަޢުޡަމް މުޙައްމަދު ޢަލީ ޖިނާހުގެ ތަޞައްވުރާ އެއްގޮތަށް، ޕާކިސްތާނަކީ ވަރުގަދަ، ޑިމޮކްރެޓިކް، އަދި ތަރައްޤީވެފައިވާ ދައުލަތަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ވައުދުވެސް އާކުރެއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.